ވަޒީފާގެ ފުރުޞަތު
ނަންބަރު: I-2014/255
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 14:57
ސުންގަޑި: 11 ޑިސެންބަރު 2014 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އޮފިސަރ

މަޤާމު:

އޮފިސަރ

ވަޒީފާގެ ދާއިރާ:       

ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް

ބޭނުންވާ އަދަދު

2

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/6,300 ރ. އާއި -/10,000ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައި ވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން ދިވެހިން ދަށްވެގެން " ސީ " ފާސް ލިބިފައިވުން. އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ތަޢުލީމު ހާސިލު ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ދާއިރާގެ މައިގަނޑު މަސައްކަތް:

ބިލްތަކަށް ފައިސާ ދެއްކުމަށް ޕޭމަންޓް ވައުޗަރ ހެދުމުގެ މަސައްކަތާއި، ފައިނޭންޝަލް ރިކޯޑްސް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން

މަޤާމް:

ޓެކްނީޝަން

ވަޒީފާގެ ދާއިރާ:       

ވިލިނގިލި އަވަށުގެ އިންޖީނުގެ

ބޭނުންވާ އަދަދު

1

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

-/6,300 ރ. އާއި -/12,000 ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސެޓުފިކެޓު ހާސިލުކޮށްފައިވުން. ނުވަތަ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓުފިކެޓު ހާސިލުކޮށްފައިވުމާއެކު، ދާއިރާއާގުޅޭ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން.  ނުވަތަ ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައި ވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން ދިވެހިން ދަށްވެގެން " ސީ " ފާސް ލިބިފައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

ކަރަންޓުގެ ޚިދުމަތް ދިނުމަށް ޤާއިމު ކުރެވިފައިވާ ޑިސްޓްރިބިއުޝަން ވިއުގަ ބެލެހެއްޓުމާއި، ޓްރާންސްފޯމަރ އަދި ޑިސްޓްރިބިއުޝަން ފޮށި ފަދަ ތަކެތި މަރާމާތުކޮށް ބެލެހެއްޓުން އަދި ޝިފްޓް ޑިއުޓީ ކުރުމާއި އިންޖީނުތައް ހިންގާ އިންޖީނުތަކާއި އެހެނިހެން އިކްއިޕްމަންޓްތަކުގެ މަރާމާތުގެ މަސައްކަތްކުރުން އަދި ކަރަންޓުގެ ޚިދުމަތަށް އެދޭ ތަންތަން ސާރވޭކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު:

11 ޑިސެންބަރު 2014 ދުވަހުގެ 15:00 ގެ ކުރިން

މިވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ 1 އަހަރު ހަމަވުމުން ވަޒީފާ ދާއިމީކުރެވޭނެއެވެ.

މިމަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭ ފޯމު ނެންގެވުމަށްފަހު، ފުރިހަމަކުރައްވާ ތަޢުލީމީ ސެޓުފިކެޓުތަކާއި، އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކުރި ވަޒީފާއާއި މަސްއޫލިއްޔަތު އެނގޭނެ ލިޔުން، ސީ.ވީ އަދި އައި.ޑީ ކާޑުގެ ކޮޕީ ވަޒީފާއަށް އެދޭ ފޯމާއެކު މިކުންފުނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް 11 ޑިސެންބަރު 2014 ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ ވެބްސައިޓް www.stelco.com.mv އިންވެސް ޑައުންލޯޑް ކުރެވޭނެއެވެ. އިންޓަރވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ. އަދި މިކުންފުނިން ބޭނުންވެއްޖެނަމަ މިއިޢުލާން ބާޠިލުކުރުމުގެ އިޚުތިޔާރު ލިބިގެންވެއެވެ.

10 ޞަފަރު 1436

02 ޑިސެންބަރު 2014