ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MISL004-A/1/2014/16
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 14:27
ސުންގަޑި: 15 ޑިސެންބަރު 2014 14:00
ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރ
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމު

ޑިރެކްޓަރ

ރޭންކް/ކްލެސިފިކޭޝަން

ޑިރެކްޓަރ /EX 1

ސަރވިސް

އޮފިޝަލްސް އެންޑް އެޑްމިނިސްޓްރޭޓަރސް

ޑިޕާޓްމަންޓް / ސެކްޝަން

ޑިޒާސްޓަރ ޕްރިޕެއާރޑްނަސް އެންޑް ރިސްކް ރިޑަކްޝަން

ބޭނުންވާ އަދަދު

1

މުސާރަ

-/8835 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ތަޢުލީމާއި ތަޖުރިބާ

އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތު

1- މިސެންޓަރުގެ ޑިރެކްޓަރުގެ ހައިސިއްޔަތުން ޑިޒާސްޓަރ ޕްރިޕެއާރޑްނަސް އެންޑް ރިސްކް ރިޑަކްޝަން ސެކްޝަންގެ ހިންގުމުގެ އެންމެހާ ކަންކަން ބެލެހެއްޓުމާއި ޒިންމާދާރުވެރިޔާގެ ހައިސިއްޔަތުން މުވައްޒަފުންގެ ކަންކަން ބެލެހެއްޓުން.

2- ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމާއި، ކާރިސާތަކަށް ތައްޔާރުވުމަށްޓަކައި މިސެންޓަރުން ހިންގާ އެންމެހާ ޕްރޮގްރާމްތައް ވެރިންގެ އިރުޝާދާ އެއްގޮތަށް ރާވައި ހިންގައި ބެލެހެއްޓުން.

3- މިދާއިރާގެ ޕްލޭންތަކާއި، އޮނިގަނޑުތަކާއި، ގައިޑްލައިންތައް ތައްޔާރުކުރުމާއި، ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމާއި ކާރިސާތަކަށް ތައްޔާރުވެ ތިބުމަށް އަޅާނެ ފިޔަވަޅުތައް އެކުލަވާލުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

15 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ).

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

3- ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ.

4- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ).

5- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ޚިދުމަތުގައި ދެމިތިބި މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

6- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުންތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ

- މަސައްކަތުގެ އަޚުލާޤު

- މަސައްކަތްކުރުމުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

- ކޮމިއުނިކޭޝަން ސްކިލްސް ނުވަތަ މަޢުލޫމާތު، ލިޔުމުންނާއި އަނގަބަހުން އެހެން ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ހުނަރު.

އިންޓަރވިއު ކުރުން

މިމަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް އޮންނާނީ 2014 ޑިސެންބަރު 18 އާއި 31 އާ ދެމެދު މިސެންޓަރުގައެވެ. އަދި އިންޓަރވިއު އޮންނަ ތާރީޚުގެ 3 ދުވަސް ކުރިން އެމީހަކަށް އަންގާނަމެވެ.

ނޯޓް: މިވަޒީފާއަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އަދި އިންޓަރވިއު ކުރާނީ ޝޯޓްލިސްޓް ކުރެވުނު 10 ފަރާތާއެވެ.

މަސައްކަތް ކުރަންޖެހޭ ތަން

މި މަޤާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3333416 ނަންބަރު ފޯނާއެވެ.

10 ޞަފަރު 1436

02 ޑިސެންބަރު 2014