ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)380/2023/3
ޕަބްލިޝްކުރި ތާރީޚް: 18 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:27
ސުންގަޑި: 30 ޖަނަވަރީ 2023 14:00
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1444 ވަނައަހަރު ރަމަޟާންމަހު ހިފްޡުކޮށް ތަރާވީޙް ނަމާދުކޮށްދޭނެ ދިވެހި ޙާފިޡުން ހޯދުން

އިޢްލާން

ދިވެހި ޙާފިޡުން ހޯދުމާގުޅޭ

1444 ވަނައަހަރުގެ ރަމަޟާންމަހު ދ.މާއެނބޫދޫ މަސްޖިދުލްޛިކުރާއާއި މަސްޖިދުލްހުދާގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް

ނަމާދުކުރާނެ ދިވެހި ޙާފިޡުން ހޯދަން ބޭނުންވާތީ، ދިވެހި ޙާފިޡުންނަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، 1444 ވަނައަހަރު ދ.މާއެނބޫދޫ މަސްޖިދުލްޛިކުރާއާއި، މަސްޖިދުލްހުދާގައި އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު

ކުރުމަށްއެދޭ  ފަރާތްތަކުން  ކަނޑައެޅިފައިވާ ފޯމް (ދިވެހި ޙާފިޡުން  ޙިފްޡުކޮށް  އިމާމުވެ ތަރާވީޙް ނަމާދު  ކުރުމަށްއެދޭ ފޯމް) ފުރިހަމަކޮށް ލިޔުންތަކާއެކު 2023 ޖަނަވަރީ 30 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުމަށް ދަންނަވަމެވެ. ދިވެހި ޙާފިޡުން  އިމާމުވެ  ޙިފްޡުކޮށް ތަރާވީޙް  ނަމާދު ކުރުމަށް ހުއްދައަށް އެދޭ ފޯމް  މި އިދާރާއިންނާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ވެބްސައިޓް www.islamicaffairs.gov.mv  އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

އުޖޫރައާއި އެލަވަންސް

ދިވެހި ޙާފިޡުންނަށް އެލަވަންސް ފައިސާ ދެވޭނީ އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރައްވާ ކޮންމެ ރެޔަކަށް -/500

(ފަސްސަތޭކަ ރުފިޔާ) ގެ މަގުންނެވެ. މީގެއިތުރުން ރަށުން ބޭރުގެ ޙާފިޡުންގެ ހުރުމާއި ކެއުން ހަމަޖައްސައި ދެވޭނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

18 ޖަނަވަރީ 2023