މަޤާމު އަދި ރޭންކު:
|
މީޑިއާ އޮފިސަރ (އެމް.އެސް 1)
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މުސާރަ:
|
-/5610 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/2000 ރުފިޔާ
|
މީޑިއާ ކައުންސިލް އެލަވަންސް:
|
1963/50 ރުފިޔާ
|
އިތުރުގަޑި:
|
އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމު އޮތް އޮފީސް:
|
މޯލްޑިވްސް މީޑިއާ ކައުންސިލް، މާލެ
|
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ޔުނިޓް:
|
މޯލްޑިވްސް މީޑިއާ ކައުންސިލް، މީޑިއާ ސަރވިސް ޔުނިޓް
|
ތަޢުލީމާއި ތަޖުރިބާ:
|
- މީޑިއާގެ ދާއިރާއަކުން ނުވަތަ މީޑިއާގެ ދާއިރާއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި، 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
- މީޑިއާގެ ދާއިރާއަކުން ނުވަތު މީޑިއާގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
- މީޑިއާގެ ދާއިރާއަކުން ނުވަތު މީޑިއާގެ ދާއިރާއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް:
|
- ކައުންސިލުގެ ފަރާތުން ބާއްވާ ނިއުސްކޮންފަރެންސްތަކާއި ޕަބްލިކް ރިލޭޝަންސް އިވެންޓްތަކުގެ އިންތިޒާމު ހަމަޖެއްސުން،
- ކައުންސިލަށް ހުށަހެޅޭ މައްސަލަތަކުގެ ރިކޯޑު ބެލެހެއްޓުމާއި މައްސަލަތަކާ ގުޅޭގޮތުން ހޯދަންޖެހޭ މަޢުލޫމާތު ހޯދުމާއި، މައްސަލަ ބަލާ މަޖިލީހުގެ އިންތިޒާމު ހަމަޖެއްސުން،
- ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާ ގުޅޭގޮތުން ކަންކަން އަންގަންޖެހޭ ފަރާތްތަކަށް އަންގާ އެންގުންތައް ޑްރާފްޓް ކުރުން،
- ކައުންސިލުން ނެރޭ ނޫސްބަޔާން، ދެންނެވުން އަދި ސާކިއުލަރ ފަދަ ތަކެތި ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން،
- އިނގިރޭސިބަހުންނާއި ދިވެހިބަހުން ކައުންސިލުގެ ޚަބަރުތައް ތައްޔާރުކުރުން.
- ކައުންސިލުގެ ކޮމެޓީތަކުގެ ޖަލްސާތައް އިންތިޒާމު ހަމަޖައްސައި، އެ ޖަލްސާތަކުގެ ނިންމުންތައް ތަންފީޒު ކުރުމުގެ މަސައްކަތް ކުރުން،
- ކައުންސިލުގެ ޖަލްސާތަކުގެ އެޖެންޑާއި، ޔައުމިއްޔާއާއި، ނިންމުންތަކާއި އަދި ހާޒިރީ ރިޕޯޓް ތައްޔާރުކުރުން.
- ސެކްޝަންގެ މަސައްކަތްތަކުގެ ތެރެއިން އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ތައްޔާރުކޮށް ފޮނުވުން،
- މީޑިއާގެ މިނިވަންކަމަށާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤަށް ހުރަސްއެޅޭގޮތަށް ހިނގާ ކަންކަން ބަލައި ކައުންސިލުގެ ވެރިންގެ ސަމާލުކަމަށް ގެނައުމާއި މީޑިއާ ގުޅިގެން ހިނގާ ހާދިސާތަކުގެ ރިކޯޑު ބެލެހެއްޓުން،
- ޤާނޫނާއި ގަވާއިދު ތަންދޭ ގޮތުގެ މަތިން ކައުންސިލުގެ އިސްވެރިންނާއި އަދި ކައުންސިލުގެ ރިޔާސަތުންނާއި މެމްބަރުން ހަވާލުކުރާ އެންމެހައި މަސައްކަތް ކުރުން.
|
މި މަޤާމުތަކަށް މީހުން ހޮވުމުގައި ބެލޭނެ މައިގަނޑު ކަންތައްތައް:
|
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު
- ލިބިފައިވާ ތަޖުރިބާ
- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު
- އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުން، އެމުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" ސިވިލް ސާރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މިފޯމު ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ. އެކަމަކު މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ކުރާ އިޢުލާނަކަށް ކުރިމަތިލާނަމަ މިފޯމު ހުށަހަޅާކަށް ނުޖެހޭނެއެވެ.
|
ފޯމު ފޮނުވަންވީ ތާރީޚާއި ތަން:
|
2014 ޑިސެންބަރު 14 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލަށް.
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:
|
މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއުއާއި އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނުކުރުން 2014 ޑިސެންބަރު 17 އިން 18 އަށް މިކައުންސިލުގައި ކުރިއަށްދާނެއެވެ.
|
އިތުރު މަޢުލޫމާތު:
|
މަޤާމަށް އެދޭ ފޯމު މިކައުންސިލުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކައުންސިލުގެ ވެބްސައިޓް www.mmc.org.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ މިކައުންސިލުގެ ފޯން ނަންބަރު: 3003886 އާ ގުޅުއްވުން އެދެމެވެ.
|
11 ޞަފަރު 1436
|