ދިވެހިރާއްޖެ
އިޢުލާން |
|
ނަންބަރު:IUL)475-Schol/475/2023/8) |
ތާރީޚް: 18 ޖެނުވަރީ 2023 |
Thailand Chulalongkorn University International School of Engineering (ISE) Program 2023 |
|
ތައިލެންޑްގެ ޗުލަލޮންގްކޯރން ޔުނިވަރސިޓީގެ އިންޓަނޭޝަނަލް ސްކޫލް އޮފް އިންޖިނިއަރިން (އައި.އެސް.އީ) ފެކަލްޓީ އޮފް އިންޖިނިއަރިން އިން ބެޗްލަރ އޮފް އިންޖިނިއަރިން އިންޓަނޭޝަނަލް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ދަރިވަރުންނަށް އޮތްކަމަށް އެފަރާތުން ވަނީ އަންގާފައެވެ. މިސްކޮލަރޝިޕް ޕްރޮގްރާމްތަކަށް ދަރިވަރުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރައްވާނީ ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮންލައިން އެޕްލިކޭޝަން 06 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 23:59 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. https://admission.ise.eng.chula.ac.th/Inter/
މި ޕްރޮގްރާމްއާ ގުޅޭ އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް އަޕްލޯޑްކުރެވިފައި ވާނެއެވެ. މިސްކޮލަރޝިޕް ޕްރޮގްރާމްގެ ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައި މިވާ ލިންކް އިން ލިބެން ހުންނާނެއެވެ. Website: http://www.ise.eng.chula.ac.th Email: [email protected]
............................................................................................................................................................... * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ.
* މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރުން އެދެމެވެ. |