ވަޒީފާގެ ފުރުޞަތު
ނަންބަރު: HRTD-MPL/2014/173
ޕަބްލިޝްކުރި ތާރީޚް: 01 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 09 ޑިސެންބަރު 2014 16:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ފައިނޭންޝަލް ކޮންޓްރޯލަރ

މަޤާމު :

ފައިނޭންޝަލް ކޮންޓްރޯލަރ

ބޭނުންވާ އަދަދު :

01

 

މުސާރަ :

  1. 15000.00 ރުފިޔާ (ފަނަރަހާސް ރުފިޔާ) އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ސަރވިސް އެލަވަންސް :

4470.00 ރުފިޔާ (ހަތަރުހާސް ހަތަރު ސަތޭހަ ހަތްދިހަ ރުފިޔާ)

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޑިޕާޓްމަންޓް :

ކޯޕަރޭޓް ސަރވިސަސް ޑިވިޝަން/ފައިނޭންސް އެންޑް އެކައުންޓްސް ސެކްޝަން

 

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު :

  • އޭސީސީއޭ ހާސިލުކޮށްފައިވުން. ނުވަތަ ފައިނޭންސް އެންޑް އެކައުންޓްސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުމާއެކު، 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން
  • ވޭތުވެދިޔަ 05 އަހަރު ޖިނާއީ އަޚުލާޤީ އެއްވެސް ކުށެއް ސާބިތު ވެފައިވާމީހަކު ކަމުގައި ނުވުން. ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް :

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ ތަޢުލީމީ ސެޓުފިކެޓުތަކާއެކު (ސިޓީގައި އިޢުލާން ނަންބަރު ހިމެނުއްވުން)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާ އަދާކުރައްވާނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާނަމަ އެންމެފަހުން އަދާކުރި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

ސުންގަޑި :

މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 9 ޑިސެންބަރު 2014 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ޕޯސްޓް ބިލްޑިންގގެ ރިސެޕްޝަނަށް ސިޓީފޮނުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު :

މިމަޤާމަށް އެދި ސިޓީ ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު އަދި ލިޔެކިޔުންތައް ހަމަނުވާ ފަރާތްތަކުގެ ސިޓީތައް ބާޠިލުކުރެވޭނެއެވެ. އަދި އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ސިޓީ އެޑްރެސްކުރައްވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

ފޯން: 3009271 ،3009272 ،3009273 ،3009274

ފެކްސް: 3321559

01 ޑިސެންބަރު 2014