ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-CA/417/2023/5
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 23 ޖަނަވަރީ 2023 10:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުމާއިބެހޭ؛

މިރަށު ކުނި މެނޭޖުކުރާ މަރުކަޒަށް އިތުރުކުރެވުނު ބިމުގެ ސަރަޙައްދުން ކަނޑާލެވިފައިވާ 07 ރުކާއި، ހެލްތް ސެންޓަރު ޞަރަޙައްދުން ކަނޑާލެވިފައިވާ 03 ރުކާއި، އަލައޮޅު ސަރަޙައްދުން ކަނޑާލެވިފައިވާ 16 ރުއް އަދި އަތުނަރު މަގުގެ ހުޅަނގު އުތުރު ފަރާތުން (އައުޓްޑޯރ ޖިމުގެ އުތުރު އިމުން ފެށިގެން ސޯސަންމަގާއި ހަމައަށް) ކަނޑާލެވިފައިވާ 48 ރުއް ނީލަންކިޔުމަށް ޤަސްތުކުރަމެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވަނީ ރުކެއް -/50ރ (ފަންސާސް ރުފިޔާ) ގެ ރޭޓުންނެވެ. ނީލަމަށް މަދުވެގެން އިތުރުކުރެވޭނީ -/10ރ (ދިހަރުފިޔާ) އެވެ. ނީލަން ކިޔުން އޮންނާނީ ރުއްތައް ބެހެއްޓިފައި ހުރި ޞަރަޙައްދުތަކުގައެވެ. ފުރަތަމަ ނީލަން ފެއްޓޭނީ އަތުނަރު މަގުން ރުއްތައް ކަނޑާލި ޞަރަޙައްދުގައި 2023 ޖަނަވަރީ 23 ވަނަ ދުވަހުގެ 10:00 ގައެވެ.

ނީލަމުގައި ބައިވެރިވެވޭނީ ނީލަން ކިޔުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ކުރިން ޙާޟިރުވާ ފަރާތްތަކަށް އެކަނިކަމުގައި ދެންނެވީމެވެ. އަދި މީގެކުރިން ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކޮށް ތަކެއްޗަށް ފައިސާ ދައްކާފައިނުވާ ފަރާތްތަކަށް މި ނީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަވެސް ދަންނަވަމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 ޖަނަވަރީ 2023