ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 375/375/2023/3
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:31
ސުންގަޑި: 25 ޖަނަވަރީ 2023 11:00
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ. މީދޫގެ ލޭންޑް ޔޫޒް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

ދ. މީދޫގެ ލޭންޑް ޔޫޒް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ:

1.   ދީ މީދޫގެ ލޭންޑް ޔޫޒް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

2.   މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިތުރު މަޢުލޫމާތު ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

3.   މި ބިޑްގައި ރަޖިސްޓަރީ ކުރުމަށް 2023 ޖަނަވަރީ 17 ން 2023 ޖަނަވަރީ 23 ގެ ނިޔަލަށް "ބިޑް ރަޖިސްޓަރީ ފޯމް" ފުރިހަމަ ކުރައްވައި ދެވިފައިވާ އީމެއިލަށް ފޮނުއްވުމަށް ދެންނެވީމެވެ. މެއިލް ކުރެއްވުމަށް ފަހު މެއިލް ލިބިފައިވާ ކަން ޔަޤީން ކުރެއްވުމަށް މިއިދާރާގެ ފޯނަށް ގުޅުއްވައި ޔަޤީން ކުރެއްވުމަށްވެސް ދަންނަވަމެވެ. ބީލަން ހުށަހެޅުއްވޭނީ މިމުއްދަތުގައި ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށެވެ. " ބިޑް ރަޖިސްޓަރީ ފޯމް" މި އިއުލާނާއި އެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިއިދާރާއިން ލިބެން ހުންނާއެވެ.

4.   މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖަނަވަރީ 25 ވަނަ ދުވަހުގެ ކުރިން މިއުލާންގެ 9  ވަނަ ނަމްބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

5.   ބީލަން ހުށަހެޅުއްވުމާއި ބީލަން ހުޅުވުން އޮންނާނީ 2023 ޖަނަވަރީ 25 ވަނަ ދުވަހުގެ 11.00 ގައި ދ. މީދޫ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމްގައެވެ.

6.   މި ޕްރެޖެކްޓްގެ ބީލަންފޮތް މި އިޢުލާނާއެކު އާއްމުކުރެވިފައި ވާނެއެވެ.

7.   ބީލަން ހުށަހަޅުއްވަނީ ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތް ނޫން އެހެން ފަރާތެއް މެދުވެރިކޮށް ކަމުގައި ވަނީނަމަ އެފަރާތަކީ ބީލަމުގައި ރަޖިސްޓަރ ކުރައްވާފައިވާ ފަރާތް ތަމްސީލް ކުރައްވާ ފަރާތެއްކަން އެނގޭނެ ބީލަން ހުށަހަޅާ ފަރާތުގެ ރަސްމީ ލިޔުން  ހުށަހަޅުއްވަން ވާނެއެވެ.

8.   ބީލަމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަށް ހުށަހެޅުއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.

9 .   މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

              ޕްރޮކިއުމަންޓް ސެކްޝަން.   

              ދ. މީދޫ ކައުންސިލް އިދާރާ

              ދ. މީދޫ/ ދިވެހިރާއްޖެ

              ފޯން 6760005/6760042

              އީމެއިލް [email protected]

                   ކޮޕީ އީމެއިލް: [email protected]

 

17 ޖަނަވަރީ 2023