ދިވެހިރާއްޖެ
މިކުންފުނީގެ ADM/2014/424-ފ60 ނަންބަރު އިޢުލާނަށް އެކަށީގެންވާވަރަށް ކެންޑިޑޭޓުން ކުރިމަތިލައްވާފައިނުވާތީ، މިދަންނަވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު: އެސިސްޓެންޓް ސޭލްސް ރެޕްރެޒެންޓޭޓިވް ގރ 1
އަދަދު: 04
އަސާސީ މުސާރަ: -/3380ރ. އާއި -/4350ރ އާ ދެމެދުގެ އަދަދެއް ތަޢުލީމީ ފެންވަރަށް ބަލައި ހަމަޖައްސައިދެވޭނެއެވެ.
ވަޒީފާގެ ބާވަތް: ކޮންޓޮރެކްޓް (2 އަހަރު ދުވަހުގެ)
މަސައްކަތް ކުރަންޖެހޭ ތަން: އެސްޓީއޯ ސުޕަރމާޓް
އެހެނިހެން އިނާޔަތްތައް:
* އިތުރު އެލަވަންސް: -/1750ރ އާއި -/2500ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
* ދާއިމީ ވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރިކުރެވޭނެއެވެ.
* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
* ޕެންޝަން.
މަޤާމްގެ މަސްއޫލިއްޔަތު:
* ހަރުތަކުގައި މުދާ ޖެހުން
* މުދާތައް ލޭބަލްކުރުން
* މުދަލުގެ މުއްދަތު ހަމަވާ ދުވަސް ބެލުން
* ކަސްޓަމަރުންނަށް އެހީތެރިވުން
* ކައުންޓަރުގެ މަސައްކަތްތައް
ތަޢުލީމީ ތަޖުރިބާ:
* ޖީސީއީ އޯލެވެލް ނިންމާފައިވުން
* ގިނަ ވަގުތު މަސައްކަތް ކުރެވޭވަރުގެ މީހެއްކަމުގައިވުން
* މަސަތްކަތާގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 ޑިސެންބަރު 2014ވާ އާދީއްތަ ދުވަހުގެެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
http://www.stomaldives.com/downloads/:އެސްޓީއޯ ވެބްސައިޓް
ނޯޓް:
އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތަކަށެވެ.
ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑްއޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344250ފެކްސް: 3344041 ވެބްސައިޓް: www.stomaldives.com