ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)230-AHI/230/2023/7
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:01
ސުންގަޑި: 31 ޖަނަވަރީ 2023 05:00
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑެސްކެއް ބ. އަތޮޅު ކައުންސިލްގައި ޤާއިމްކޮށް ޚިދްމަތް ފެށުމާއިގުޅޭ

                      ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޑެސްކެއް 15 ޖަނަވަރީ 2023 ގައި ބ.އަތޮޅު ކައުންސިލްގެ އިދާރާގައި ޤާއިމްކުރެވިފައިވާތީ، އެ ޑެސްކުން ތިރީގައިވާ މަސައްކަތްތަކާއި ޚިދުމަތްތައް ލިބިވަޑައިގަންނަވާނެ ވާހަކަ ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

  1. ވަޒީފާއާބެހޭ ޤާނޫނަށް އަމަލުކުރާ މިންވަރު ބެލުމަށް ވަޒީފާ ދީގެން މުވައްޒަފުން ގެންގުޅޭ ތަންތަން އިންސްޕެކްޓް ކުރުން. 
  2. ވަޒީފާއާ ގުޅޭ ޤާނޫނީ ޚިޔާލުތަކާއި މަޢުލޫމާތު ފޯރުކޮށްދިނުން 
  3. ވަޒީފާއާ ގުޅޭގޮތުން ލިބޭ ޝަކުވާތަކުގެ ތަޙުޤީޤުތައް ހިންގުން

25 ޖުމާދަލް އާޚިރާ 1444

17 ޖަނަވަރީ 2023