ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)RDC-HRM-RDC-2023-15
ޕަބްލިޝްކުރި ތާރީޚް: 17 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 26 ޖަނަވަރީ 2023 12:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޯއޮޕަރޭޓިވް އެޑިއުކޭޝަން (ބިނާވެހި) ޕްރޮގްރާމަށް ފުރުޞަތު ހުޅުވައިލުން

ކޯއޮޕަރޭޓިވް އެޑިއުކޭޝަން(ބިނާވެހި) ޕްރޮގްރާމަށް ފުރުޞަތު ހުޅުވައިލުން

ކޯއޮޕަރޭޓިވް އެޑިއުކޭޝަން (ބިނާވެހި) ޕްރޮގްރާމްގެ ދަށުން މި ކޯޕަރޭޝަންގެ ތިރީގައިމިވާ ދާއިރާތަކަށް ބައިވެރިން ބޭނުންވެއްޖެއެވެ.

ދާއިރާ:

އެސިސްޓެންޓް ލޮޖިސްޓިކްސް އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

ގިންތި:

ކޮންޓްރެކްޓް (06 މަސް)

އެލަވަންސް:

މަހަކު -/4000 ރުފިޔާ

މަސައްކަތް ކުރަން ޖެހޭތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މާލެ ސައިޓްގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން.

- 2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-   ޑިޕާރޓްމަންޓަށް ބޭނުންވާ ތަކެތި ހޯދުމަށް ރިކްއެސްޓް ހެދުމާއި ތަކެތި ޕްރޮކިއުމަންޓް އާއި ގުޅިގެން ހޯދުން

-   އޮފީހުގެ އެކި ޑިޕާރޓްމަންޓްތަކުން އަންނަ ސާރވިސް ރިކްއެސްޓްތައް ބަލައިގަނެ އެމަސައްކަތްތައް އެކަމަކާއި ގުޅޭ ޔުނިޓަކާއި ހަވާލުކޮށް ކުރިޔަށް ގެންދިއުން

-   ޑިޕާރޓްމަންޓްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ އިތުރުގަޑީގެ މަސައްކަތުގެ ރިޕޯޓް އެކުލަވައިލުމާއި ޗެކްކުރުން

-   ކުންފުނީގެ ރީޖަނަލް ސައިޓްތަކަށް ފޮނުވަން ހަވާލުކުރެވޭ ތަކެތި ރަށްރަށަށް ފޮނުވުމަށް ބޭނުންވާ އެންމެހައި ލޮޖިސްޓިކަލް އެރޭންޖްމަންޓު ހަމަޖެއްސުން

- ކުންފުނީގެ ރީޖަނަލް ސައިޓްތަކަށް ފޮނުވަން ހަވާލުކުރެވޭ ޕްރިކާސްޓް އައިޓަމްތައް ރަށްރަށަށް ފޮނުވުމަށް ބޭނުންވާ އެންމެހައި ލޮޖިސްޓިކަލް އެރޭންޖްމަންޓު ހަމަޖެއްސުން

-   ތިލަފުށިން މާލެއަށް ގެންނަ މުދާ އެޑްމިން ސްޓޯރ އާއި ގުޅިގެން މާލެ ގެނެވޭނެ އިންތިޒާމް ހަމަޖެއްސުން

-  ލޮޖިސްޓިކް ނޯޓްތައް ބަލައިގަނެ ލޮޖިސްޓިކް ހަމަޖެއްސުން

-  ރަށްރަށަށް ފޮނުވޭ ތަކެތީގެ ބޯޓު ނޯޓާއި ޑެލިވަރީ ނޮޓުތަކުގައި ސޮއިކުރުވައި ފައިލް ކުރުވުން

-  ދުވަހުގެ ރިޕޯޓު އެކުލަވާލައި ކަމާއި ބެހޭ ފަރާތަށް ފޮނުވުން

-  ޑިޕާރޓްމަންޓްގެ މީޓިންގ ޔައުމިއްޔާ ނަގައި، ލިޔުން

-  ވެހިކަލްތަކުގެ އޮޕަރޭޝަން ލޮގް އެކުލަވައިލުމާއި ބެލެހެއްޓުން

-  މީގެ އިތުރުން އޮފީހުގެ ވެރިން އަންގަވާ އެކި އެކި އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން

ދާއިރާ:

 އެސިސްޓެންޓް ލޮޖިސްޓިކް އޮފިސަރ

ބޭނުންވާ އަދަދު:

-          01 (އެކެއް)

ގިންތި:

-          ކޮންޓްރެކްޓް (06 މަސް)

އެލަވަންސް:

-          މަހަކު -/4000 ރުފިޔާ

މަސައްކަތް ކުރަން ޖެހޭތަން:

-          ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މާލެ ސައިޓްގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން.

-          - 2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ޑިޕާރޓްމަންޓަށް ބޭނުންވާ ތަކެތި ހޯދުމަށް ރިކްއެސްޓް ހެދުމާއި ތަކެތި ޕްރޮކިއުމަންޓް އާއި ގުޅިގެން ހޯދުން، އަދި އެޑްމިން މަސައްކަތް ކުރުމާއި އެހީތެރިވުން.

- އޮފީހުގެ އެކި ޑިޕާރޓްމަންޓްތަކުން އަންނަ ސާރވިސް ރިކްއެސްޓްތައް ބަލައިގަނެ އެމަސައްކަތްތައް އެކަމަކާއި ގުޅޭ ޔުނިޓަކާއި ހަވާލުކޮށް ކުރިޔަށް ގެންދިއުން.

- ޑިޕާރޓްމަންޓްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ އިތުރުގަޑީގެ މަސައްކަތުގެ ރިޕޯޓް އެކުލަވައިލުމާއި، މުއައްޒަފުންގެ އެޓެންޑެންސްތައް އެޅުމާއި ޗެކްކުރުން

-   ޑޭޝްބޯރޑްހެދުމާއި، ޑިޕާރޓްމަންޓްގެ މީޓިންގ ޔައުމިއްޔާ ނަގައި، ލިޔުން

-  ރަށްރަށަށް ފޮނުވޭ ތަކެތީގެ ބޯޓު ނޯޓާއި ޑެލިވަރީ ނޯޓުތަކުގައި ސޮއިކުރުވައި ފައިލް ކުރުވުން

-  ވެހިކަލްތަކުގެ އޮޕަރޭޝަން ލޮގް އެކުލަވައިލުމާއި ބެލެހެއްޓުން.

-  ލޮޖިސްޓިކް މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުން.

-  މީގެ އިތުރުން އޮފީހުގެ ވެރިން އަންގަވާ އެކި އެކި އޮފީހުގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން

ދާއިރާ:

އެސިސްޓެންޓް ޕްރޮޑަކްޝަން އޮފިސަރ

ބޭނުންވާ އަދަދު:

-  02 (ދޭއް)

ގިންތި:

-   ކޮންޓްރެކްޓް (06 މަސް)

އެލަވަންސް:

-   މަހަކު -/4000 ރުފިޔާ

މަސައްކަތް ކުރަން ޖެހޭތަން:

-  ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މާލެ ސައިޓްގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން.

- 2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-  ސައިޓަށް ކޮންމެ ބޭނުންވާ އައިޓަމެއް ޕެޓީ ކޭޝްގެ ތެރެއިން ގަންނަން ޖެހިއްޖެ ހާލަތެއްގައި އެއެއްޗެއް ވީހާވެސް އަވަހަކަށް ހޯދުމަށް މަސައްކަތްކުރުން.

-  ސައިޓްތަކަށް ބޭނުންވާ މެޓީރިއަލް އާއި އެހެނިހެން ސާމާނުތައް މަސައްކަތަށް ދަތިނުވާނެ ގޮތަށް ސައިޓްތަކަށް ގެންދިއުމަށް ދުރާލާ ރޭވުން. އަދި މެޓީރިއަލް ނުލިބި ލަސްވާނަމަ އެކަން އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޑިޕާޓްމަންޓުގެ ވެރިންނަށް އަންގައި އެކަމަށް ޙައްލުހޯދުން.

-  ޕްރީކސްޓްކުރާ އައިޓަމްތަކުގެ މިކްސިންގ ރޭޝިއޯއާއި ލަކުޑި މޯލްދުތައް ދެވިފައިވާ މިންތަކަށް ފެތޭތޯ ރަނގަޅަށް ޗެކްކުރުމަށްފަހު ކޮންމެ އައިޓަމެއްވެސް ތައްޔާރުކުރުން.

-  މުވައްޒަފު ސުޕަވައިޒް ކުރުމަށް ހަވާލުކުރެވިފައިވާ ސައިޓުގައި ކުރަންޖެހިފައިވާކަމަށް ފާހަގަކުރެވޭ އެހެނިހެން މަސައްކަތްތައް ހުރިނަމަ އިސްވެ އެކަމެއް ފާހަގަކޮށް ޑިޕާޓްމަންޓުގެ ވެރިންގެ މަޝްވަރާއެކު އެކަމެއް ކުރިއަށް ގެންދިއުން.

- މުވައްޒަފު ސުޕަވައިޒް ކުރުމަށް ހަވާލުކުރެވިފައިވާ ސައިޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި މަސްލަޙަތު ފުށުއަރާ އެއްވެސް ކަމެއް ހިނގާނަމަ ލަސްނުކޮށް އެކަން ވެރިންނަށް ރިޕޯޓުކޮށް ވެރިންގެ މަޝްވަރާމަތިން ޙައްލުކުރުމަށް މަސައްކަތްކުރުން.

-  މުވައްޒަފު ސުޕަވައިޒް ކުރުމަށް ހަވާލުކުރެވިފައިވާ ސައިޓުގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު އެއްވެސް ބޭނުމެއްގައި އެހެން ޑިޕާޓްމެންޓެއްގެ ބޭނުމަށް ފޮނުވަން ޖެހޭނަމަ އެކަން ސަބަބާއެކު އެވަގުތަކު ޑިޕާޓްމަންޓު ހިންގުމާ ޙަވާލުވެހުރި ވެރިއަކަށް އެންގުން.

-   ސައިޓުތަކުގެ މަސައްކަތްތައް ފެށުމަށް ކަނޑައަޅާފައިވާ ގަޑިއަށް ފެއްޓެވުމާއި، މަސައްކަތް ފެށިގަޑިއާއި ނިންމި ގަޑި ކޮންމެ ދަންފަޅިއެއްގެ މަސައްކަތް ނިމުމުން ސުޕަވައިޒަރަށް ރިޕޯޓްކުރުން. އަދި ކަނޑައަޅާ އުޞޫލާއެއްގޮތަށް ލޮގުކުރަމުން ގެންދިއުން.

- ދުވަހުގެ މަސައްކަތްތައް ނިންމުމަށްފަހު މެޝިންތަކާއި ހިފައި ގެންގުޅޭ އެހެނިހެންތަކެތި ސާފުކޮށްފައި ހުރިކަން ޔަޤީންކުރުމާއި އެފަދަ ތަކެތި ބަހައްޓަންޖެހޭ ތަންތަނުގައި ބެހެއްޓިފައިހުރިތޯ ބެލުން.

-  ޕްރޮޑަކްޝަން ޑިޕާޓްމެންޓުން ކުރަންޖެހޭ މަސައްކަތްތަކާއި ކޮންމެހެން ނިންމަންޖެހޭ މަސައްކަތްތައް ނިންމަންޖެހޭ ތާރީޚްތަކަށް ނިންމުން.

- މާލެ ޕްރޮޑަކްޝަން ސައިޓުން ޑިސްޕެޗްކުރާ ތަކެތި ނުވަތަ ސްޓޮކްޔާޑަށް ގެންދެވޭ ތަކެތި ޑިސްޕެޗް/ ޓްރާންސްފަރ ނޯޓާ އެއްގޮތަށް ޢަދަދުތައް ކަށަވަރުކުރުމަށްފަހުގައި ދޫކުރުން.

- މީގެއިތުރުންވެސް ކޯޕަރޭޝަންގެ ފަރާތުން ނުވަތަ ޑިޕާޓުމަންޓުގެ ފަރާތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން.

ދާއިރާ:

-   އެސިސްޓެންޓް ކާޕެންޓަރ

ބޭނުންވާ އަދަދު:

-  02 (ދޭއް)

ގިންތި:

-  ކޮންޓްރެކްޓް (06 މަސް)

އެލަވަންސް:

-  މަހަކު -/4000 ރުފިޔާ

މަސައްކަތް ކުރަން ޖެހޭތަން:

-  ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ މާލެ ސައިޓްގައެވެ. ނަމަވެސް ވަޒީފާގެ މަސްޢޫލިއްޔަތާއި ޒިންމާ އަދާކުރުމުގެ ގޮތުން މަސައްކަތްކުރާ ތަން ބަދަލުވެދާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

- ޘާނަވީ ނުވަތަ މަތީ ޘާނަވީ އިމްތިޙާން ނިންމާފައި ވުން.

-  2023 ޖެނުއަރީ 31 އަށް 21 އަހަރު ފުރިފައި ނުވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

-   ކާޕެންޓްރީގެ މަސައްކަތު ޑިއުޓީ ތާވަލް އެކުލަވައިލުމާއި އެއާއި އެއްގޮތަށް މަސައްކަތް ކުރަމުންދާކަން ޔަގީން ކުރުން

-  ކުންފުނީގެ އިމާރާތްތަކުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަރާމާތުތައް ދެނެގަނެ މަރާމާތުކުރުވޭނެ އިންތިޒާމް ހަމަޖެއްސުން

- މާލެ ސައިޓް އޮފީހާއި މާލެ އަދި މާލެ ސަރަހައްދުގައި ހިމެނޭ ކުންފުނީގެ އޮފީސް އިމާރާތްތަކުގެ އެންމެހައި މަރާމާތެއް ކުރުވުމާއި ކުރުން ( ކަރަންޓް، ފެންވައިރުކުރުން، ރޭނުން، މެޝިނަރީ ސަރވިސް ކުރުން )

-  އިމާރާތުގައި ދިމާވާ ކުއްލި މައްސަލަތައް ވަގުތުން ވަގުތަށް ހައްލުކުރުމަށް މަސައްކަތްކުރުން

-  އޮފީހުގެ ބޭނުމަށް އެކި ރަށްރަށުގައި ހަދާ ކާސްޓިންގ ޔާޑު ފަދަ ތަންތަން ހެދުން

-   ކުރަހާފަ ހަވާލުކުރާ ތަންތަނަށް ބޭނުންވާ ބީ.އޯ.ކިއު. ހެދުމަށް އެހީތެރިވެދިނުން

- މެޝިން ތަކުގެ ތައްގަނޑުތައް ( މައުލްޑް ) މަރާމާތު ކުރުވުން

-  ކުރެވޭ ހުރިހާ މަރާމާތެއް ވަކިން އެނގޭނެހެން ލޮގްކޮށް ބެލެހެއްޓުން

-  ކާޕެންޓްރީ މަސައްކަތުގެ ޒިންމާ އޮންނަ ބިދޭސީ މުވައްޒަފުންނަށް މަސައްކަތައް ޓްރެއިނިންގ ކުރުވައި މަސައްކަތްތައް ކުރުވުން

-          ދުވަހު ރިޕޯޓަށް ބޭނުންވާ މައުލޫމާތުތައް ލިޔެ އިދާރީ މުވައްޒަފުންނަށް ލިބޭނެ ގޮތް ހެދުން

-          މީގެއިތުރުންވެސް ކޯޕަރޭޝަންގެ ފަރާތުން ނުވަތަ ޑިޕާޓުމަންޓުގެ ފަރާތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރުން.

ސުންގަޑި:

މިޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 26  ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00  ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ އީ-މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

ކޯއޮޕް ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ކޯއޮޕް ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމު އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ފޯމު ބަލައިގަނެވޭނެ މުއްދަތު އިތުރުކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ކޯ-އޯޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު.
  2. ކޯ-އޯޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. 18 އަހަރުން މަތި ނަމަ ދޫކުރިފަހުން ތިން މަސް ދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.
  6. ކޯ-އޯޕް ޕްރޮގްރާމްގައި ބައިވެރިވުމަށް 18 އަހަރުން ދަށުގެ ބައިވެރިން ބެލެނިވެރިޔާގެ އިޤުރާރު.

އިންޓަވިއު:

-    އިންޓަވިއުއަށް ކިޔާނީ، ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

-    މި ދާއިރާތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޖަނަވަރީ / ފެބްރުއަރީ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

25 ޖުމާދުލްއާޙިރް 1444

17 ޖަނަވަރީ 2022

 

 

 

 

17 ޖަނަވަރީ 2023