ކުއްޔަށް ހިފުން
ނަންބަރު: (IUL)120/1/2014/78
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 18:13
ސުންގަޑި: 09 ޑިސެންބަރު 2014 11:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އޮފީސް ޢިމާރާތެއް ހޯދުން

މިޑިޕާޓްމަންޓު ހިންގުމަށްޓަކައި ޢިމާރާތެއް ހޯދުމަށް 23 އޮކްޓޫބަރު 2014ގައި ކުރި ނަންބަރު: 72/IUL)120/1/2014 ގެ އިޢުލާނާގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީއާއި، ހުށަހަޅާފައިވާ އަގަކީ އެކަށީގެންވާވަރަށްވުރެ ބޮޑު އަގެއް ކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް އަލުން މިފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، އެކަށީގެންވާ ފެންވަރަކަށް ބިނާކޮށްފައިވާ ޢިމާރާތެއްގެ ގިނަވެގެން 3 ފަންގިފިލާއިން، 7000 އަކަފޫޓަށްވުރެ ކުޑަނޫން ޖާގަ ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2014 ޑިސެންބަރު 9 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ޑިސެންބަރު 15ވާ ހޯމަ ދުވަހުގެ 11:00 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތުސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 6 ވަނަ ފަންގިފިލާގައެވެ.

12 ޞަފަރު 1436

04 ޑިސެންބަރު 2014