މަސައްކަތް
ނަންބަރު: (IUL)318-PP/318/2014/87
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 15:06
ސުންގަޑި: 14 ޑިސެންބަރު 2014 11:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ އާބާދުމަގު ހުޅަނގުން މަގުގެ އިރުމަތީގައި އޮތް ހުސްބިމުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

މި މަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 2014 ޑިސެންބަރު 14 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމުގައެވެ.

ބިޑް ހުޅުވުން އޮންނާނީ 2014 ޑިސެންބަރު 21 ވާ އާދީއްތަ ދުވަހުގެ 14:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގެ މީޓިންގްރޫމްގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މައުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

  • މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައި އަލަށް ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް
  • ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު
  • ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނުވާނަމަ ބީލަން ގަބޫލު ނުކުރެވޭނެއެވެ.

02 ޑިސެންބަރު 2014