ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)414-1/414/2023/7
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 26 ޖަނަވަރީ 2023 13:00
ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އޮފިސަރ

މަޤާމު:

 ކައުންސިލް އޮފިސަރ 

މަޤާމުގެ ނަންބަރު:

 J-371853

ބޭނުންވާ އަދަދު:

 01 ( އެކެއް)

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ރޭންކު: 

 އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

 ސީނީއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ 

މުސާރަ:

 5610.00 (ފަސްހާސް ހަސަތޭކަ ދިހައެއް ) ރުފިޔާ 

ސަރވިސް އެލަވަންސް:

 2000.00 ( ދެހާސް ) ރުފިޔާ

އެހެނިހެން އެލަވަންސް:

 

 1- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 2- ސިވިލްސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 3- ސިވިލްސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި  ލިބިލައްވާ -/700 ރުފިޔާ (މަހަކު).

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 1- ކައުންސިލަށް ގަންނަންޖެހޭ އެންމެހާ މުދަލާއި ޚިދުމަތް ހޯދުމަށް ދަޢުލަތުގެ މާލިއްޔަތު ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމާއި، އެތަކެތީގެ ރެކޯޑް ބެލެހެއްޓުން

 2- އޮފީހަށް ހޯދުމަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތަތްތަކަށް މާލިއްޔަތު ޤަވާއިދާ އެއްގޮތަށް އިއުލާން ކުރުން.

           

 3- އޮފީހުން ހޯދާ ޚިދުމަތުމަތާއި ތަކެތީގެ ބިލްތައް ބަލައިގަނެ ބިލަށް ފައިސާ އަދާކުރުމަށް ފޮނުވުމާއި ލިބޭ ބިލުތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން.        

 4- އޮފީހުންކުރާ އިޢުލާނަށް ހުށަހަޅާ ބިޑްތައް އިވެލުއޭޓުކޮށް، ބިޑްކޮމެޓީއަށް ފޮނުވުމަށް ބޭނުންވާ އެންމެހާ ލިޔުންތައް ހަމަކޮށް ބިޑް ކޮމިޓީއަށް ފޮނުވުން.

 5- ބިޑްކޮމެޓީން ބިޑް ނިންމުމުން ބީލަން ކާމިޔާބުކުރި ފަރާތާއިއެކު ހަދަންޖެހޭ އެއްބަސްވުންތައް އިސްވެރިޔާގެ ލަފަޔާއެކު ތައްޔާރުކޮށް އެފަރާތަށް އެއްބަސްވުމުގެ ޑްރާފްޓް ފޮނުވުމާއި، އެވޯޑް ލެޓަރ ފޮނުވައި އެއްބަސްވުމުގައި ސޮއިކުރުވުން.

 6- ކޮންމެ އެއްބަސްވުމެއްގެ ކޮޕީވެސް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ލިޔެކިޔުންތަކުގެ ރިކޯޑް ބެލެހެއްޓުން

 7- ކައުންސިލުން ޙަވާލުކުރާ މަސައްކަތްތަކާއި ކައުންސިލުގެ ޕްރޮޖެކްޓްތައް ހިނގަމުންދާގޮތް ގަވާއިދުން މޮނިޓަރކޮށް ބެލެހެއްޓުމާއި، އެކަންކަމުގައި ދިމާވާ މައްސަލަ ކައުންސިލުގެ ލަފާއާއެކު ޙައްލުކުރުމާއި، ރިޕޯޓްކޮށް ލިޔެކިޔުން ބެލެހެއްޓުން

 8- ހަވާލު ކުރެވިފައިވާ މަސައްކަތްތަކުގެ ބިލްތައް ހޯދުމާއި ބިލްތައް ލިބުމުން ސަޕޯޓިންގ ޑޮކިއުމެންޓް ހަމަކޮށް، ބިލްތައް އަދާކުރުމާއި ގުޅޭ މުވައްޒަފަށް ޙަވާލުކޮށް، ފޮނުވޭ ބިލްތަކުގެ ރެކޯޑް ބެލެހެއްޓުން.        

 9- ހަވާލުވެފައިވާ މަސައްކަތުގެ ލިޔެކިޔުން ތަރުތީބުން ބެލެހެއްޓުމާއި، ޤަވާއިދުން ފައިލް ކުރުމާއި، ސްކޭންކޮށް ރައްކާކުރުމާއި ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

 10- ތަރައްޤީ ޕްލޭންއާއި ކައުންސިލްގެ ޕްލޭންތަކާއި އެއްގޮތަށް ކައުންސިލްގެ ބަޖެޓް އެކުލަވާލުމަށް އެހީތެރިވެދިނުން

 11- އަހަރީ ޕްރޮކިއުމަންޓް ޕްލޭން ތައްޔާރުކޮށް ތާރީޚަށް ފޮނުވުމާއި، ޕްރޮކިއުމަންޓް ޕްލޭނާއި އެއްގޮތަށް ޕްރޮކިއުމަންޓް މަސައްކަތްތައް ކޮށް ރިވިއުކުރުމާއި ރިކޯޑް ބެލެހެއްޓުން      

 12- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.         

 13- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.

 

މަޤާމުގެ ޝަރުޠުތައް:

 

 - މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

 މަސައްކަތުގެ ދާއިރާ

 އެޑްމިނިސްޓްރޭޝަން

 މެނޭޖްމެންޓް

 

 މަޤާމުގެ ތަޢުލީމީ ރޮނގުތައް

އެކައުންޓިންގ  ، އެޑްމިނިސްޓްރޭޝަން، އެގްރިކަލްޗަރަލް ސައިންސް  ، އެންތްރޯޕޮލޮޖީ،     އާކިޓެކްޗަރ  ،ބިޒްނަސް   ، ބިޒްނަސް އެޑްމިނިސްޓްރޭޝަން   ،ބިޒްނަސް މެނޭޖްމަންޓް   ،ސިވިލް އިންޖިނިއަރިންގ   ،ކޮމާސް   ،ކޮމިޔުނިޓީ ޑިވެލޮޕްމަންޓް   ،ކޮމްޕިއުޓަރ ސައިންސް   ،ކައުންސިލް ، އެޑްމިނިސްޓްރޭޝަން   ،ކަލްޗަރ އެންޑް ހެރިޓޭޖް   ،ޑިމޮގްރަފީ   ،ޑިވެލޮޕްމަންޓް ސްޓަޑީޒް   ،އިކޮނޮމިކްސް   ،އެންވަޔަރަންމެންޓަލް ސައިންސް   ،ފައިނޭންސް ، ގަވަރނަންސް ،ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް ،ހޮސްޕިޓަލިޓީ ،އެންޑް ޓޫރިޒަމް ،ހިއުމަން ރިސޯސް   ،އިންފޮމޭޝަން ޓެކްނޮލޮޖީ   ،އިންޓަނޭޝަނަލް ރިލޭޝަންސް   ލޯ   ލީޑަރޝިޕް   ލައިބްރަރީ ސައިންސް   ލޯކަލްގަވަރނަންސް   މެނޭޖްމަންޓް   ،މެރިންސައިންސް   ،މާކެޓިންގ   ،އޮފީސް އެޑްމިނިސްޓްރޭޝަން   ،ޕޮލިސީ ސްޓަޑިޒް  

ޕޮލިޓިކަލް ސައިންސް   ،ޕްރޮޖެކްޓު މެނޭޖުމަންޓު   ،ޕަބްލިކް އެޑްމިނިސްޓްރޭޝަން   ،ޕަބްލިކް މޭނޭޖްމަންޓް   ،ޕަބްލިކް ޕޮލިސީ   ،ޕަބްލިކް ރިލޭޝަންސް   ،ޝަރީޢާ އެންޑް ލޯ   ،ސޯޝަލް ސައިންސް   ،ސޯޝަލް ވޯރކް   ،ސޯޝިއޮލޮޖީ   ،ސްޕޯޓްސް މެނޭޖްމަންޓް   ،ސްޓެޓިސްޓިކްސް   ،ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް   ،އަރބަން ޕްލޭނިންގ   އާބަން ސްޓަޑީޒް

 ޕްރިފަރޑް ޑިސިޕްލިން:

އެކައުންޓިންގ  ، އެޑްމިނިސްޓްރޭޝަން، އެގްރިކަލްޗަރަލް ސައިންސް  ، އެންތްރޯޕޮލޮޖީ،     އާކިޓެކްޗަރ  ،ބިޒްނަސް   ، ބިޒްނަސް އެޑްމިނިސްޓްރޭޝަން   ،ބިޒްނަސް މެނޭޖްމަންޓް   ،ސިވިލް އިންޖިނިއަރިންގ   ،ކޮމާސް   ،ކޮމިޔުނިޓީ ޑިވެލޮޕްމަންޓް   ،ކޮމްޕިއުޓަރ ސައިންސް   ،ކައުންސިލް ، އެޑްމިނިސްޓްރޭޝަން   ،ކަލްޗަރ އެންޑް ހެރިޓޭޖް   ،ޑިމޮގްރަފީ   ،ޑިވެލޮޕްމަންޓް ސްޓަޑީޒް   ،އިކޮނޮމިކްސް   ،އެންވަޔަރަންމެންޓަލް ސައިންސް   ،ފައިނޭންސް ، ގަވަރނަންސް ،ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް ،ހޮސްޕިޓަލިޓީ ،އެންޑް ޓޫރިޒަމް ،ހިއުމަން ރިސޯސް   ،އިންފޮމޭޝަން ޓެކްނޮލޮޖީ   ،އިންޓަނޭޝަނަލް ރިލޭޝަންސް   ލޯ   ލީޑަރޝިޕް   ލައިބްރަރީ ސައިންސް   ލޯކަލްގަވަރނަންސް   މެނޭޖްމަންޓް   ،މެރިންސައިންސް   ،މާކެޓިންގ   ،އޮފީސް އެޑްމިނިސްޓްރޭޝަން   ،ޕޮލިސީ ސްޓަޑިޒް  

ޕޮލިޓިކަލް ސައިންސް   ،ޕްރޮޖެކްޓު މެނޭޖުމަންޓު   ،ޕަބްލިކް އެޑްމިނިސްޓްރޭޝަން   ،ޕަބްލިކް މޭނޭޖްމަންޓް   ،ޕަބްލިކް ޕޮލިސީ   ،ޕަބްލިކް ރިލޭޝަންސް   ،ޝަރީޢާ އެންޑް ލޯ   ،ސޯޝަލް ސައިންސް   ،ސޯޝަލް ވޯރކް   ،ސޯޝިއޮލޮޖީ   ،ސްޕޯޓްސް މެނޭޖްމަންޓް   ،ސްޓެޓިސްޓިކްސް   ،ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް   ،އަރބަން ޕްލޭނިންގ   އާބަން ސްޓަޑީޒް

 

ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން https://www.csc.gov.mv/PostStructure/Index/36ލިބިލައްވާނެއެވެ.

ނޯޓް: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިން އާއި ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން އަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު އެފަރާތަކަށް ލިބިގެން ދާނެއެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  • އަސާސީ ޝަރުތު ހަމަވުމުން %30
  • މަޤާމަށް ކަނޑައަޅާފައިވާ ކޯ ނުވަތަ ޕްރިފަރޑްޑިސިޕްލިންއާ ގުޅޭ ސަނަދެއް ނަމަ %5
  • ޝަރުތު ހަމަވުމަށްބޭނުންވާ ސަނަނދަށްވުރެ މަތީ ސަނަދެއް އޮތް ނަމަ %5
  • ތަޖުރިބާ %5
  • އިމްތިޙާނު %20
  • އިންޓަރވިއު %35
  • ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން
  • ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

 

 މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ %60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 ޖަނަވަރީ 2023 ގެ 13:00 ގެ ކުރިން، ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނު އަދި އިންޓަވިއު އޮންނާނީ، 01 ފެބްރުއަރީ 2023 އާއި  16 ފެބަރުއަރީ 2023 އާ ދެމެދު، ގއ. ކަނޑުހުޅުދޫ ކައުންސިލް އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6820020 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/recruitment-usoolu) އި އިން ލިބެން ހުންނާނެއެވެ.

16 ޖަނަވަރީ 2023