މުބާރާތް
ނަންބަރު: (IUL) 306/306/2023/3
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 23 ފެބުރުވަރީ 2023 13:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކައުންސިލް ފުޓްސަލް ފިއެސްތާ 2023"

ޢިޢުލާން

"ކައުންސިލް ފުޓްސަލް ފިއެސްތާ 2023" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

                ރ.ރަސްމާދޫ ކައުންސިލުން، ރަށުގެ ޒުވާނުންނަށްއަމާޒުކޮށްގެން ކުރިޔަށްގެންދާ ފުޓްސަލް މުބާރާތް "ކައުންސިލް ފުޓްސަލް ފިއެސްތާ 2023" މިއަހަރުގެ މާރިޗް 27 ވާ ހޯމް ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.  

  މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް، މިއަދުން ފެށިގެން މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 22 ޖަނަވަރީ 2023 ވާ އާދިއްތަ ދުވަހުން ފެށިގެންނެވެ.

  ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:30 ން 13:00 އަށެވެ.

 ފޯމް ދޫކުރުމާއި ބަލައިގަތުމުގެ އެންމެ ފަހު ތާރީޚްއަކީ 23 ފެބްރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ނިޔަލަށް ކަމުގައި ދަންނަވަމެވެ.

            ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

16 ޖަނަވަރީ 2023