ދިވެހިރާއްޖެ
މޭނާސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2023 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 15 ޑިސެމްބަރ 2022 ގައި ކުރި ނަމްބަރ GS47/2022/44 އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ކޮންޓްރެކްޓް އުސޫލުން 11 މަސް ދުވަހުގެ މުއްދަތަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
-
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޖެނުއަރީ 17 އިން 22 އަށް ބަންދު ނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް މޭނާސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
-
މި މަސައްކަތާއި ބެހޭގޮތުން ދެެވޭ މަޢުލޫމާތު ބައްދަލުވުން އޮންނާނީ 2023 ޖެނުއަރީ 23 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މޭނާސްކޫލް ލައިބްރަރީގައެވެ.
-
ބިޑް ހުޅުވުން އޮންނާނީ 2023 ޖެނުއަރީ 25 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މޭނާސްކޫލް ލައިބްރަރީގައެވެ.
ނޯޓް : ބީލަން ހުށަހެޅުއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
-
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
-
މޭނާސްކޫލް
-
ފޯން: 6560001
-
އީ-މެއިލް: [email protected]
16 ޖެނުއަރީ 2023