މަސައްކަތް
ނަންބަރު: (IUL)313-F/313/2014/116
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 09 ޑިސެންބަރު 2014 10:30
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެންނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމްކުރުމަށް ބޭނުންވެއްޖެ

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު         

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ސްކޫލް ގޯތިތެރޭގައާއި ކުޑަރިކިލު އިޖްތިމާޢީ މަރުކަޒުގެ ގޯތިތެރޭގައި ވާރޭފެންނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމަށް ކުރި ނަންބަރު (IUL)313-F/313/2014/103,104 މި 02 އިޢުލާން ބާޠިލުކުރުމަށްފަހު އަލުން ފުރުޞަތު ހުޅުވާލަމެވެ. ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

1- ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

2- މިމަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 09 ޑިސެންބަރު 2014 ވާ ( އަންގާރަ ) ދުވަހުގެ 10:30 ގައި ކުޑަރިކިލު ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.

3- ބިޑް ހުޅުވުން އޮންނާނީ 17 ޑިސެންބަރު 2014 ވާ (ބުދަ) ދުވަހުގެ 13.00 ގައި ކުޑަރިކިލު ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމް ގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަން ވާނެއެވެ.

ހ. "މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ސްކޫލް ގޯތިތެރޭގައާއި ކުޑަރިކިލު އިޖްތިމާޢީ މަރުކަޒުގެ ގޯތިތެރޭގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް"

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

4- ބީލަމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ ބީލަން ގަބޫލު ނުކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 ޞަފަރު 1436 

02 ޑިސެންބަރު 2014