ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)413/413/2023/1
ޕަބްލިޝްކުރި ތާރީޚް: 16 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:17
ސުންގަޑި:
30 ޖަނަވަރީ 2023 10:00
ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގއ.ގެމަނަފުށީ ގޮނޑު ސަރަހައްދުގައި އާއި އަދި ކުޅިވަރުކުޅޭ ސަރަހައްދުގައި ފެންސު ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ:
ގއ.ގެމަނަފުށީ ގޮނޑު ސަރަހައްދުގަ އާއި އަދި ކުޅިވަރުކުޅޭ ސަރަހައްދުގައި ފެންސު ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއްބޭނުންވެއްޖެއެވެ. މިމަސައްކަތް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި ޖީ.އެސް.ޓީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރުން އޮންނާނީ 23 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގައެވެ. އަދި ބިޑް ހުށަހެޅުން އޮންނާނީ 30 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި ގެމަނަފުށި ކައުންސިލް އިދާރާގައެވެ.
16 ޖަނަވަރީ 2023