ދިވެހިރާއްޖެ
މި އިޢުލާންވަނީ 16 ޖަނަވަރީ 2023 19:35 ގައި ބާތިލް ކުރެވިފައެވެ.
2023 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
2023ޖެނުއަރީ 1 އިން 2023 ޑިސެމްބަރ 31ވަނަ ދުވަހަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (GS112/IUL/2022/24) އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ އަލުން އިޢުލާން ކުރަމެވެ.
ކޮންޓްރެކްޓް އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 16 ޖެނުއަރީ 2022 އިން 22 ޖެނުއަރީ 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 13:00 އަށް މިސްކޫލުގެ އިދާރާ އަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެސްއަށް
- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން:
- ކުންފުނި/ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ،
- ފޯން ނަންބަރ، ގުޅޭނެ ފަރާތެއްގެ މަޢުލޫމާތު:
22 ޖެނުއަރީ 2023 ވާ އާދިއްތަ ދުވަހުގެ 12:00 ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.
ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
މިޕްރޮޖެކްޓާއި ބެހޭގޮތުން މަޢުލޫމާތުދިނުން 22 ޖެނުއަރީ 2023 ވާ ހޯމަ ދުވަހުގެ 10:00 ޅޮހީ ސްކުލްގައި އޮންނާނެއެވެ.
ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 26 ޖެނުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ޅޮހީ ސްކޫލްގައެވެ.
މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޅޮހީ ސްކޫލް
ނ. ޅޮހި، ދިވެހިރާއްޖ
ފޯން: 9639585
އީ-މެއިލް: [email protected]