ކުއްޔަށް ދިނުން
ނަންބަރު: (IUL)240-PMD/240/2023/6
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 26 ޖަނަވަރީ 2023 10:30
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ފެންބޯހުރާ (ފެންބޯރަހާ) (މާވަށް ފަޅުތެރެ) ވަގުތީގޮތުން ބެލެހެއްޓުން ޙަވާލުކުރުމާއި ގުޅޭ:

ލ. ފެންބޯހުރާ ( މާވަށް ފަޅުތެރެ) ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)240-PMD/240/2022/63 (04 އޮކްޓޫބަރ 2022) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ ފޯމުތައް ފުރިހަމަ ނުވާތީ އެ އިޢުލާނު ބާތިލްކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

 

#

ރަށް

ބިޑު ހުށަހެޅުމާއި ބިޑު ކެނޑުން

01

ފެންބޯހުރާ (ފެންބޯރަހާ)  (މާވަށް ފަޅުތެރެ)

26 ޖަނަވަރީ 2023، ބުރާސްފަރި ދުވަހުގެ 10:30

 

ވީމާ ލ. ފެންބޯހުރާ (މާވަށް ފަޅުތެރެ) ވަގުތީގޮތުން ބެލެހެއްޓުމަށް ޝައުގުވެރިވެލައްވާ ފަރާތް ތަކުން ކުލި ބަޔާން ކުރުމާއެކު ފަޅުރަށް ވަގުތީގޮތުން ބެލެހެއްޓުން ހަވާލުވުމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަ ކުރައްވައިގެން 26 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހު 10:30 އަށް މި ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުމަށް ދައުވަތު އަރުވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6800713  ފޯނާއި ގުޅުއްވުން އެދެމެވެ. މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި ފަޅުރަށް ވަގުތީ ގޮތުން ބެލެހެއްޓުން ހަވާލުވުމަށް އެދި ހުށަހަޅާ ފޯމު މި އިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެވެ.

15 ޖަނަވަރީ 2023