ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)347/347/2023/4
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި:
26 ޖަނަވަރީ 2023 14:00
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހަންޏާމީދޫ "މަސްޖިދުއްނަޞްރު" މިސްކިތުގައި ތަރާވީޙް ނަމާދުކުރާނެ ޙާފިޡަކު ހޯދުން.
1444 ވަނަ އަހަރުގެ (މިއަހަރުގެ) ރަމަޟާން މަހު އދ. ހަންޏާމީދޫ "މަސްޖިދުއްނަޞްރު" މިސްކިތުގައި އިމާމުވެ ޙިފްޡުކޮށް، ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު، ރާއްޖެއިން ބޭރުން ގެނައިސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު އެނގޭގޮތަށް، 2023 ޖެނުއަރީ 26 ވާ، ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މި އިދާރައިގެ [email protected] އީ މެއިލަށް މެއިލް ކުރެއްވުން އެދެމެވެ.
- ޙާފިޡު ރާއްޖެ ގެނައިސް ރަށާހަމައަށް ފޮނުވައިދެވޭނެ އަގު. (ޙާފިޡުގެ ހުރުމާއި ކެއުން ފިޔަވައި އެހެން ހުރިހާ ޚަރަދެއް ހިމެނޭގޮތަށް)
- ޙާފިޡު ގެނައިސްދޭ ޤައުމު
އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އިދާރައިގެ ނަންބަރު: 6680633 / 9846689 ފޯނަށް ގުޅުމަށް ދަންނަވަމެވެ.
15 ޖަނަވަރީ 2023