އިންޝުއަރެންސް
ނަންބަރު: AI/IUL/2014/39
ޕަބްލިޝްކުރި ތާރީޚް: 29 މޭ 2014
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި:
31 ޑިސެންބަރު 2014 00:00
އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެކްސްޕެކްޓްރިއޭޓް އިންޝުއަރެންސް ވިއްކައިދޭނެ ސާރވިސް ޕާރޓްނަރުން ހޯދުމާބެހޭ
އެކްސްޕެކްޓްރިއޭޓް އިންޝުއަރެންސް ވިއްކާދޭނެ ޤާބިލު ސަރވިސް ޕާރޓްނަރުން ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ޝަރުތުތައް ފުރިހަމަވާނަމަ، އެޕްލިކޭޝަން ފޯމު ފުރުމަށްފަހު 31 ޑިސެންބަރު 2014 ވަނަ ދުވަހުގެ ކުރިން ތިރީގައި މިވާ އީމެއިލް އެޑްރެހަށް ނުވަތަ އެލައިޑް އިންޝުއަރެންސްގެ ހެޑްއޮފީސް (ފެން ބިލްޑިންގ، ދެވަނަ ފަންގިފިލާ) އަށް އެޕްލިކޭޝަން ހުށަހަޅުއްވައިދެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް :[email protected]
އެޕްލިކޭޝަން ފޯމު މި ކުންފުނީގެ މައިއޮފީހުންނާއި، އެލައިޑުގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
ޝަރުތުތައް:
- އިންޓަރނެޓް ކަނެކްޝަން ހުރި ތަނެއް ކަމުގައިވުން
- ކޮމްޕިއުޓަރ ސިސްޓަމް އަދި ޕުރިންޓު ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވުން
- ރެޖިސްޓަރ ކުރެވިފައިވާ ވިޔަފާރިއަކަށްވުން
- ޚިދުމަތް ދޭނެ ވަކި އައުޓްލެޓެއް ހުރުން
- ވިޔަފާރި ހިންގުމުގައި މަދުވެގެން އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން
- ވެރިފަރާތް ނުވަތަ ވިޔަފާރީގެ ނަމުގައި ބޭނުން ކުރެވޭ ކުރެޑިޓު ނުވަތަ ޑެބިޓު (ވިސާ، މާސްޓަރ ނުވަތަ އެމެކްސް) ކާޑެއް އޮތުން
- ބޭންކް އޮފް މޯލްޑިވްސްގައި އެކައުންޓެއް އޮތް ފަރާތަކަށްވުން
- މުއާމަލާތް ކުރާ ފަރާތަކީ ދިވެހި ބަހާއި އިނގިރޭސި ބަހަށް ފަރިތަ މީހެއް ކަމުގައި ވުން
ހުށަހަޅަން ޖެހޭ ތަކެތި:
- ފުރިހަމަ ކުރެވިފައިވާ އެޕްލިކޭޝަން ފޯމު
- ވިޔަފާރީގެ ރެޖިސްޓްރޭޝަން ކޮޕީ
- ވެރިފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ
- ޚިދުމަތް ދޭ އައުޓްލެޓް/ އޮފީހުގެ ފޮޓޯ
30 ރަޖަބު 1435
29 މޭ 2014