ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)422-B1/422/2023/4
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 20:43
ސުންގަޑި: 19 ޖަނަވަރީ 2023 14:00
ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން

ގދ.ފިޔޯރީ ޒީނާ، އާއިޝަތު ހުސައިންދީދީ ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ގދ.ފިޔޯރީ "ޒީނާ" ކިޔާ ބަންޑާރަ ގޯތީގެ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ގެއްލިގެން ރަޖިސްޓްރީ އައުކުރުމަށް ވަނީ މިކައުންސިލަށް ހުށައަޅާފައެވެ.

ވީމާ، މިދެންނެވި ގދ.ފިޔޯރީ ޒީނާ ކިޔާ ބަންޑާރަ ގޯތީގެ  އިމާރާތާއި ގޯތީގެ ރަޖިސްޓްރީއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، 19 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް އަންގަވައި ދެއްވުން އެދެމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ޖަނަވަރީ 2023