މަސައްކަތް
ނަންބަރު: MNU-CA-PAMD/2023/07
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 23 ޖަނަވަރީ 2023 09:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ހދ. ކުޅުދުއްފުށި ކެމްޕަހުގެ ދަނާލުގެ ކަބަޑުސެޓްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. މި ޔުނިވަރސިޓީގެ ހދ. ކުޅުދުއްފުށި ކެމްޕަހުގެ ދަނާލުގެ ކަބަޑުސެޓްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު MNU-CA-PAMD/2022/123 އިއުލާން ބާތިލް ކުރުމަށް ޕްރޮކިއުމަންޓް ކޮމިޓީން ނިންމަވާފައިވާތީ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.  
  2. މި ބީލަމާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯމްތައް އިއުލާނާ އެޓޭޗް ކުރެވިފައިވާ ވާނެއެވެ.
  3. މި ބީލަމާ ގުޅިގެން ބާއްވާ ސައިޓް ވިޒިޓް އޮންނާނީ 19 ޖަނަވަރީ 2023 ވަނަ ދުވަހުގެ 09:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށި ކެމްޕަސް (ހދ. ކުޅުދުއްފުށި) ގައެވެ. ބީލަން ހުށަހެޅުން އޮންނާނީ 23 ޖަނަވަރީ 2023 ވަނަ ދުވަހުގެ 09:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށި ކެމްޕަސް (ހދ. ކުޅުދުއްފުށި) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

 

  1. އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.
  2. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

މަސައްކަތާ ގުޅޭ މައުލޫމާތެއްނަމަ:

ބީލަމާ ގުޅޭ އިދާރީ މައުލޫމާތެއް ނަމަ؛

ފެސިލިޓީސް މެނޭޖްމަންޓް ޑިޕާރޓްމަންޓް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345134, 3345196

އީ-މެއިލް:[email protected]

ކުޅުދުއްފުށި ކެމްޕަސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

މާލިމީ ހިނގުން، ކުޅުދުއްފުށި ސިޓީ

ފޯން: 3345227

އީ-މެއިލް: [email protected]

15 ޖަނަވަރީ 2023