ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)325-ES/325/2023/04
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 30 ޖަނަވަރީ 2023 00:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީ ޒޯން ލައިސަންސް ދޫކުރަން ފެށުން

އިޢުލާން

ބ ގޮއިދޫއިން އެއްގަމު ލައިސަންސް ދޫކުރުން

           މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަލިބިގެން، އެއްގަމު އުޅަނދު ދުއްވުމުގެ ޒޯން ލައިސަންސް، މިކައުންސިލް އިދާރާއިން 16 ޖެނުއަރީ 2023 އިން ފެށިގެން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މިގޮތުން ލައިސަންސަށް އެދޭ ފޯރމް ދޫކުރުމާއި ، ބަލައިގަތުމުގެ އިންތިޒާމް  ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 ފެށިގެން މެންދުރު 1:30 އާއި ދެމެދު މިކައުންސިލްގައި ހަމަޖެހިފައިވާނެއެވެ. ލައިސަންސްގެ ތިއަރީ ޓެސްޓް ހެދުން އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ އަންގާރަ އަދި ބުދަދުވަހުގެ ހެނދުނު 10:30 އިން 11:30 އަށެވެ. އަދި ދުއްވުމުގެ ޓެސްޓް އޮންނާނީ ކުރިންބުނި 3 ދުވަހުގެ މެންދުރު ފަހު 13:00 އިން 14:00 އަށެވެ. ތިއަރީ ޓެސްޓް އަދި ދުއްވުމުގައި ބައިވެރިވެވޭނީ ދުވާލަކު 8 މީހުންނަށެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ޒޯން ލައިސަންސް ދޫކުރުމުގެ އުޞޫލު، މި އިޢުލާނާއެކު ޢާންމު ކުރެވިފައިވާނެއެވެ.

                މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ޖަނަވަރީ 2023