ދެންނެވުން
                	
                ނަންބަރު: (IUL)308/2023/1
                    ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2023
                    ޕަބްލިޝްކުރި ގަޑި:  13:48
                    
                މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ހުއްދަނެތި މަގުމައްޗަށް ހޮޅި ނުޖެހުމަށް އިލްތިމާސްކުރުން
                                ކައުންސިލްގެ ހުއްދައެއް ނެތި ރަށުގެ މަގުތަކާއި ގޯޅިތަކާއި ބަނދަރާއި އެނޫންވެސް ތަންތަނަށް ދަގަނޑު ހޮޅި ޖަހަމުންދާކަންވަނީ ފާހަގަކުރެވިފައެވެ. މިކަމުގެ ސަބަބުން އަމިއްލަ ފަރުދުންނާއި ފެނަކަ ކޯޕަރޭޝަނާއި ދިރާގާއި އުރީދޫ ފަދަ ކުންފުނިތަކުން އެފަރާތްތަކުން ދެއްވަމުންގެންދަވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުތަކުގައި ވަޅުލާފައިވާ ކޭބަލްތަކާއި ހޮޅިތަކަށް އެކިވަރުގެ ގެއްލުންތައްދަނީ ލިބެމުންނެވެ.
ވީމާ، ރަށުގެ މަތުގަކާއި ގޯޅިތަކާއި ބަނދަރު ސަރަޙައްދަށް އެއްވެސް އެއްޗެއް ޖަހާނަމަ ކައުންސިލްގެ ހުއްދަ ހޯދުމަށް އެންމެހާ ރައްޔިތުންނާއި ސިޔާސީ ޕާޓީތަކާއި މުޢައްޞަސާތަކާއި ކުލަބު ޖަމްޢިއްޔާތަކަށް އަންގައި އިލްތިމާސްކުރަމެވެ.
                15 ޖަނަވަރީ 2023