ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)101-AS/1/2023/15
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:07
ސުންގަޑި: 22 ޖަނަވަރީ 2023 11:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީއަށް ބޭނުންވާ މައިކްރޯސޮފްޓް 365 އެޕްސް ފޯރ ބިޒްނަސް އަދި މައިކްރޯސޮފްޓް ޕަވަރ ބީ.އައި ޕްރޯ ލައިސަންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީއަށް ބޭނުންވާ މައިކްރޯސޮފްޓް 365 އެޕްސް ފޯރ ބިޒްނަސް އަދި މައިކްރޯސޮފްޓް ޕަވަރ ބީ.އައި ޕްރޯ ލައިސަންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީއަށް ބޭނުންވާ މައިކްރޯސޮފްޓް 365 އެޕްސް ފޯރ ބިޒްނަސް އަދި މައިކްރޯސޮފްޓް ޕަވަރ ބީ.އައި ޕްރޯ ލައިސަންސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ  މައުލޫމާތާއި އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ޓެކްނިކަލް ސްޕެސިފިކޭޝަން:

ބޭނުންވާ އަދަދު:

ތަފްސީލް

ލައިސަންސްގެ މުއްދަތު

65

މައިކްރޯސޮފްޓް 365 އެޕްސް ފޯރ ބިޒްނަސް

12 މަސް (01 އަހަރު)

25

މައިކްރޯސޮފްޓް ޕަވަރ ބީ.އައި ޕްރޯ

12 މަސް (01 އަހަރު)

ރިކުއަރމެންޓްސް:

-  ބިޑް ހުށައަޅާފަރާތަކީ އޮތޮރައިޒްޑް މައިކްރޯސޮފްޓް ޕާރޓްނަރ/ ރީސެލަރ/ ޑިސްޓްރިބިއުޓަރ އަކަށް ވާން ޖެހޭނެއެވެ.

 

އަގު ހުށަހެޅުން.

ބީލަން ހުށަހަޅާ ފަރާތްތަކުން، އަގު ހުށަހަޅަންވާނީ ބިޑް ހުށަހަޅާ ފޯމްއިންނެވެ. ހުށަހަޅާ ބިޑްގައި މި ތަފްސީލްތައް ވަކިން އެނގެން އޮންނަންވާނެއެވެ.އަގު ހުށަހެޅުމުގައި ތިރީގައިވާ ކަންކަމަށް ސަމާލުކަންދޭންވާނެއެވެ.

 

  • ·         ހުރިހާ އަގެއް ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ. އަދި ޖުމްލަ އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
  • ބަޔާންކޮށްފައިވާ އައިޓަމްގެ ސްޕެސިފިކޭޝަންތަކާއި އެއްވަރު ވާންވާނެއެވެ. އަދި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަންތަކަށްވުރެ ދަށްނަމަ އެ ބިޑް ބާތިލްކުރެވޭނެއެވެ.
  • އަގު ހުށަހަޅާއިރު "އަގު ހުށަހަޅާ ފޯމް" ނެތިޖެއްނަމަ އެ ބިޑް ބާތިލްކުރެވޭނެއެވެ.
  • ބީލަން ހުށައަޅާ ފަރާތަކީ މި މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި އެސް.އެމް.އީ އެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ތަކެތި/ލިޔުން.

 

  1. ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް
  2. އެސްޓިމޭޓް/ ކޯޓޭޝަން
  3. ޕްރޮފައިލް
  4. އަގުހުށަހަޅާ ތަކެތީގެ ސްޕެސިފިކޭޝަން
  5. ތަޖުރިބާ ބަޔާންކުރާ ލިޔުން
  6. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ

 

ޓެކްނިކަލްގޮތުން ޤަބޫލުކުރެވޭ އަންދާސީ ހިސާބުތައް އިވެލުއޭޓުކުރެވޭނެގޮތުގެ ތަފުޞީލު:

 

 

ކެޓަގަރީ

މާރކްސް

މާރކްސް ދެވޭ އުޞޫލު

1

އަގު:

50%

އެންމެކުޑަ އަގު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

2

މުއްދަތު:

40%

އެކަށީގެންވާ އެންމެކުޑަ މުއްދަތު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން

3

ތަޖުރިބާ:

 10%

 ތަޖުރިބާއަށް މާރކްސްދެވޭނީ، ވޭތުވެދިޔަ 5 އަހަރު ތެރޭގައި ކޮށްފައިވާ މިފަދަ މަސައްކަތްތައް ނިންމިކަމުގެ ރިފަރެންސް ލެޓަރ ހުށަހަޅާފައިވާނަމަ ކޮންމެ މަސައްކަތަކަށް ލިބޭނީ 2 ޕޮއިންޓެވެ. (ގިނަވަގެން މިބަޔަށް ލިބޭނީ 10 ޕޮއިންޓެވެ.)

 

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 22 ޖަނަވަރީ 2023 ވާ އާދީއްތަ ދުވަހުގެ 11:00 ވޭލާނާގެ 11 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އޮފީހަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ،  3323668 އަށް ރަސްމީ މަސައްކަތު ގަޑީގައި ގުޅުއްވުން އެދެމެވެ.

15 ޖަނަވަރީ 2023