މަސައްކަތް
ނަންބަރު: (IUL)GS127-B/2023/002
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:05
ސުންގަޑި:
18 ޖަނަވަރީ 2023 12:00
މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު (2)
މި ސްކޫލްގެ ދަރިވަރުންގެ ތެރެއިން ހެނދުނުގެ ނާސްތާ ފޯރުކޮށްދޭންޖެހޭ ދަރިވަރުންނަށް ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް، 09 ޖަނަވަރީ 2023 ގައި ހުޅުވާލުމުން އެކަމަށް އެއްވެސްފަރާތަކުން ޝަޢުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ، އެ އިޢުލާނު ބާޠިލުކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2023 ޖަނަވަރީ 15 ން 2023 ޖަނަވަރީ 18 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:00 އަށް މާކުރަތު ސްކޫލަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2023 ޖަނަވަރީ 18 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2023 ޖަނަވަރީ 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މާކުރަތު ސްކޫލުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2023 ޖަނަވަރީ 26 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މާކުރަތު ސްކޫލުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. (ގެޒެޓް ކުރެވިފައި)
- ނަންނޯޓް ކުރުމާއި އަދި އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާކުރަތު ސްކޫލް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ފޯން: 6580333
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
15 ޖަނަވަރީ 2023