ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށައެޅުމުގެ ދަޢުވަތު
މި ރަށުގެ ހުޅަނގު އުތުރު ފަރާތުން ޒަމާނީ ފެންވަރުގެ ބޯޓުޔާރޑެއް އެޅުމަށް 75,950.97 އަކަފޫޓްގެ ބިމެއް ކުއްޔަށްދޫކުރަން ކަނޑައަޅައިފީމެވެ.
ގިނަވެގެން 50 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރުމަށް ކަނޑައަޅާފައިވާ މި ބިމުގައި އޮޑިދޯނިފަހަރު ބަނުމާއި، މަރާމާތު ކުރުމާއި، އެއާއި ގުޅުންހުރި ވިޔަފާރިތައް ކުރުމަށް، ބިން ކުއްޔަށްހިފުމަށް ބީލަން ހުށައެޅުމުގެ ދަޢްވަތުދީ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.
ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2023 ޖަނަވަރީ 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިއިދާރާގެ ފޯނު ނަންބަރު 6640183 އަށް ގުޅުއްވައިގެން ނުވަތަ މިއިދާރާގެ އީމެއިލް ([email protected]) އަށް އީމެއިލް ކުރައްވާ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2023 ޖަނަވަރީ 19 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2023 ޖަނަވަރީ 26 ވަނަ ދުވަހުގެ 11:00 އަށް އަގުހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާގައި، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.