ވަޒީފާގެ ފުރުޞަތު
ނަންބަރު: 153-FEST/IUL/2023/01
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 26 ޖަނަވަރީ 2023 12:00
ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
Part-Time Lecturer

ނަމްބަރު: 153-FEST/IUL/2023/01     

އިޢުލާން

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ

މާލެ، ދިވެހިރާއްޖެ

2023 ވަނަ އަހަރު މިފެކަލްޓީން ހިންގާ ކޯސްތަކުގައި ކިޔަވައިދެއްވާނެ ޕާރޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

ބޭނުންވާ ދާއިރާ:

-         ފަންޑަމެންޓަލްސް އޮފް ޕްރޮގްރާމިންގ

-         އާރޓިފިޝަލް އިންޓެލިޖެންސް

-         އޮޕަރޭޓިންގ ސިސްޓަމްސް

-         ވެބް ޓެކްނޮލޮޖީސް

-         ޑާޓާ ސްޓްރަކްޗާރ އެންޑް އެލްގޮރިދަމްސް

-         ކޮމްޕިއުޓަރ އޮރގަނައިޒޭޝަން އެންޑް އާރކިޓެކްޗަރ

-         ލޮޖިކަލް އެންޑް ފިޒިކަލް ޑާޓާބޭސް ޑިޒައިން

-         އައި.ސީ.ޓީ ފޮރ ޑިވެލޮޕމެންޓް

-         ކޮންޕިއުޓަރ ކޮންސެޕްޓްސް އެންޑް ޕީ.ސީ އެޕްލިކޭޝަންސް

ޝަރުތު:

މާއްދާ އާއި ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓާރސް ޑިގުރީ ހާސިލްކޮށްފައިވުން ނުވަތަ މާއްދާ އާއި ގުޅޭ ދާއިރާއިން ބެޗެލާރސް ޑިގްރީ ހާސިލްކޮށްފައިވުމާ އެކު ޓާރޝަރީ އިންސްޓިޓިއުޓެއްގައި ކިޔަވައިދިނުމުގެ 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މައްސޫލިއްޔަތު

ލެކްޗަރ ގަޑިތައް އަދި ޓިޔުޓޯރިއަލްގެ މާއްދާތަކުގެ އައުޓްލައިން އާއި އެއްގޮތްވާ ގޮތުގެމަތިން އެމާއްދާއެއްގެ ޓެސްޓުޕޭފަރ އެކުލަވާލާ، އެސައިންމަންޓް ތައްޔާރުކޮށް މާރކްކުރުމާއި ޓައިމް ޓޭބަލާއި އެއްގޮތަށް ކްލާސްތައް ބޭއްވުން.

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީ އާއި އެކު ހުށައަޅަންޖެހޭ ތަކެތި

1-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

2-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3-     ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

4-     ޕާރޓް-ޓައިމް ލެކްޗަރަރއިންގެ ވަޒީފާއަށް އެދޭ ފޯމު

-         ފޯމުގެ ލިންކު:

(https://drive.google.com/file/d/1OVY6fR3s4qh_2gThWhDJ5sbZGJxUb62z/view?usp=sharing)

އިތުރު މަޢުލޫމާތު

-       ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާ އެއްގޮތަށެވެ.

-       މިމަޤާމްތަކަށް މީހުން ހޮވުމުގައި މިދާއިރާތަކުން ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-       އިތުރު މަޢުލޫމާތު ބޭނުންފުޅު ނަމަ މިސެންޓަރުގެ ނަމްބަރު 3345444 ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި

26 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އީމެއިލް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

15 ޖަނަވަރީ 2023