ޢާންމު މަޢުލޫމާތު
ނަންބަރު: IU/HB/2023/02
ޕަބްލިޝްކުރި ތާރީޚް: 15 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:02
ސުންގަޑި: 18 ޖަނަވަރީ 2023 20:30
ހޭންޑްބޯލް މޯލްޑިވްސް
ދިވެހިރާއްޖެ
ހޭންޑްބޯލް މޯލްޑިވްސްގެ ހިންގާކޮމިޓީ އައު ދައުރަކަށް އިންތިޚާބުކުރުމާއި ބެހޭ

18 ޖަނަވަރީ 2023 ވާ ބުދަ ދުވަހުގައި ބޭއްވުމަށް ތާވަލްކުރެވިފައިވާ ހޭންޑްބޯލް މޯލްޑިވްސްގެ ހިންގާކޮމިޓީ އައު ދައުރަކަށް އިންތިޚާބުކުރުމަށް ބޭއްވޭ އިންތިޚާބީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ 18 ޖަނަވަރީ 2023 ވާ ބުދަ ދުވަހުގެ ރޭ 20:30 ގައި ހެންވޭރު ބޯޅަގެ ސެމިނަރ ރޫމްގައިކަން އެންމެހާ މެމްބަރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

ޝަރުތުހަމަވާ ފުރިހަމަ މެމްބަރު ކްލަބް ތަކުގެ ފަރާތުން މިޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއްގެ މަޢުލޫމާތު ޖަލްސާބޭއްވުމުގެ 48 ގަޑިއިރުކުރިން ޖަލްސާގައި ބައިވެރިވެ ވޯޓް ދެއްވާނެ ފަރާތެއް ކަނޑައެޅުމަށް ފޯރުކޮށްދީފައިވާ ވޯޓަރނޮމިނޭޝަންފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށައަޅަންވާނެއެވެ. ފޯރުކޮށްދީފައިވާ ވޯޓަރނޮމިނޭޝަންފޯމް ހުށަނާޅާ ފަރާތްތަކަށް ތަކަށް މިޖަލްސާގައި ބައިވެރިވެ ވޯޓްލުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ ދަންވަމެވެ.

އިންތިޚާބީ ޖަލްސާ އަށް އެންމެހާ މެމްބަރުން، އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

15 ޖަނަވަރީ 2023