ވަޒީފާގެ ފުރުޞަތު
ނަންބަރު: GS61/2014/19
ޕަބްލިޝްކުރި ތާރީޚް: 30 ނޮވެންބަރު 2014
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 09 ޑިސެންބަރު 2014 15:00
މަރަދޫފޭދޫ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުސަތު

މި ސްކޫލުގެ ނަންބަރ GS61/2014/12  (އޮކްޓޯބަރ 2، 2014) ގައި ނެރުނު އިޢުލާނުގައި ޝަރުޠު ހިމަނާފައިވަނީ ރަނގަޅަށް ނޫންކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގަވާފައިވާތީ، އެ އިއުލާން  ބާޠިލުކޮށް، އަލުން އިއުލާނުކުރީމެވެ.  

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު: 1

ރޭންކް: ޖީ. އެސް 3

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2 

މުސާރަ: -/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ވަޒީފާ އޮތް އޮފީސް: މަރަދޫފޭދޫ ސްކޫލް

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: މަރަދޫފޭދޫ ސްކޫލް، އެޑްމިން ސެކްޝަން  

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. މުވައްޒަފުންގެ ހާޒިރީފޮތް ތައްޔާރުކޮށް، ސެކްޝަނުގެ އެހެން މުވައްޒަފުން ގަވާޢިދާ އެއްގޮތަށް ސޮއިކުރޭތޯ ބެލުން.

2. ކޮންމެ ދުވަހެއްގެ އޮފީސް ބަންދުވުމުގެ ކުރިން، ކުރީދުވަހުގެ ޔައުމިއްޔާ ލިޔުމާއެކު ސޮއިކުރުވުން.

3- ސަރުކާރުގެ ޤަވާއިދާއި ޤާނޫނާއި އެއްގޮތަށް ފައިސާއާއި ބެހޭ ކަންތައް ބެލެހެއްޓުން.

4.  ސްކޫލަށް ބޭނުންވާ ލިޔެކިޔުމުގެ ސާމާނާއި އެހެން ތަކެތި، ޕްރިންސިޕަލްގެ މަޝްވަރާގެމަތިން ސްޓޮކަށް ހޯދުން.

5. އެކިއެކި ފަރާތްތަކަށް ސްކޫލުން ފޮނުވުމަށް ލިޔާ ސިޓީ މެސެޖް، ދެވިފައިވާ އިރުޝާދާ އެއްގޮތަށް ލިޔެ ފޮނުވުން.

6- ޤަވާއިދާ އެއްގޮތަށް ސްޓޮކް ބެލެހެއްޓުން.

7- ސުޕަވައިޒަރު އަންގަވާ ގޮތެއްގެމަތިން ސްޓާފުންނަށް ދަންނަވާފޮތުގައި ލިޔެ އެންގުމާއި، ބޭނުންވާ ދެންނެވުންތައް ލިޔެ ދެންނެވުން.

7- ސެޝަނުގެ ކިޔެވުމާއި، ހަރަކާތްތަކާ ގުޅޭގޮތުން ނޯޓިސް ބޯޑުގައި ލިޔަންޖެހޭ ލިޔުންތައް ލިޔުމާއި، ނޯޓިސްބޯޑުގައި ބެހެއްޓުމާއި، މުއްދަތު ހަމަވާ ލިޔުންތައް ނެގުން.

8- ސެޝަންތެރޭގައި ސްކޫލަށް ލިބޭ ސިޓީ މެސެޖް ފަދަ ތަކެތި ބަލައިގަނެ، އެންޓްރީކޮށް،  ޕްރިންސިޕަލުގެ ޓްރޭއަށް ހަމަ އެދުވަހު ލުން.

ޝަރުޠު:                                                  

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖުމަންޓުގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

1. ވަޒީފާގެ ދާއިރާގެ ޓެކްނިކަލް މަޢުލޫމާތާއި، ޕްރޮފެޝަނަލް މަސައްކަތުގެ މަޢުލޫމާތު ލިބިފައިވުން.    

2. މަސައްކަތުގެ ދާއިރާގެ ފަންނީ ޤާބިލްކަން. 

3. މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުން.

4. ޖިސްމާނީ ޤާބިލްކަމާއި، ނަފްސާނީ ޤާބިލްކަން.            

އިންޓަވިއުކުރުން

ހ. މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، 2014 ޑިސެންބަރު 11 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި މަރަދޫފޭދޫ ސްކޫލުގައެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓްކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމް، މަރަދޫފޭދޫ ސްކޫލުގެ އޮފީހުން ލިބެން ހުންނާއެވެ. އަދި ސިވިލްސަރވިސްގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މަރަދޫފޭދޫ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2014 ޑިސެންބަރު 9 ވާ އަންގާރަ ދުވަހު އޮފީސް ބަންދުކުރުމުގެ ކުރިންނެވެ.

ނޯޓް:  

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މަރަދޫފޭދޫ ސްކޫލުގެ ނަންބަރު 6891531 ފޯނަށް ގުޅުން އެދެމެވެ.

8 ޞަފަރު 1436

30 ނޮވެންބަރު 2014