މަސައްކަތް
ނަންބަރު: (IUL)MMPRC-PRO/1/2023/3
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 19 ޖަނަވަރީ 2023 10:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
To hire a party to provide beverages & Snacks during ITB Berlin 2023 at Maldives stand

 

އިޢުލާން

         2023 ވަނަ އަހަރުގެ މާރިޗު 7އިން 9ގެ ނިޔަލަށް ޖަރުމަންވިލާތުގެ ބާރލިންގައި ބޭއްވުމަށް ހަމަޖެހިފައިވާ އައި.ޓީ.ބީ ބާލިން ފެއަރ ގައި ދިވެހިރާއްޖެ ތަމްސީލު ކުރާ ސްޓޭންޑްގައި ބެވަރޭޖަސް އާއި ސްނެކްސް ފޯރުކޮށްދިނުމުގެ ޚިދުމަތް ދޭނެފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

         ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2023 ޖަނަވަރީ 19 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން މައުލޫމާތް ސާފުކުރެއްވުން އެދެމެވެ. އަދި 2023 ޖަނަވަރީ 24 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް، މި ކޯޕަރޭޝަންގެ އޮފީސް (ހ.ޒޮނާރިއާގެ ހަތަރުވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

           21 ޖުމާދަލްއާޚިރާ 1444

           14 ޖަނަވަރީ 2023               

 

 

 

14 ޖަނަވަރީ 2023