ދިވެހިރާއްޖެ
މި އިންސްޓިޓިއުޓްގެ ފަރާތުން 8 ޖޫން 2022 ވަނަ ދުވަހު އިފްތިތާހްކުރެވުނު މެރިކަލްޗަރ ތަމްރީން ޕްރޮގްރާމްގެ ދަށުން މި އަހަރުގެ ފެބްްރުއަރީ މަހުގެ 26 އިން މާރޗް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މެރިކަލްޗަރ ކުރަން ޝައުޤު ވެރިކަން ހުންނަ 15 ފަރާތްތަކަށް އަމާޒުކޮށްގެން ކ.މަނިޔަފުށީގައި އަސާސީ މެރިކަލްޗަރ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވެލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 ފެބަރުއަރީ 2023 ވަނަ ދުވަހުގެ 14.00ގެ ކުރިން މި އިޢްލާނާއި އެކު އެއްކަރުދާސްކޮށްފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، އައިޑީކާޑުގެ ކޮޕީއާއި އެކު ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ. ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް 15 ފަރާތަށްވުރެ އިތުރަށް ފޯމު ހުށަހަޅާފާވާނަމަ، ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ..
ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވާނީ ކ. މަނިޔަފުށީގައެވެ. ކޯހުގެ ބޭނުމަށް މާލެއާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް މި އިންސްޓިޓިއުޓްގެ ފަރާތުން ހަމަޖައްސައިދެވޭނެއެވެ.
ތަމްރީނާ ގުޅޭ އިތުރު މަޢުލޫމާތު މި އިންސްޓިޓިއުޓްގެ ނަންބަރު 3322242 ނުވަތަ 3028730 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.