މަސައްކަތް
ނަންބަރު: (IUL)483/1/2023/2
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 22 ޖަނަވަރީ 2023 11:00
ޗިލްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
އޮފީސް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް، 1 އަހަރު ދުވަހުގެ މުއްދަތަށް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިއިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުގައިވާ ކަންކަން ފުރިހަމަ ވާނެގޮތަށް، ތިރީގައި މިދަންނަވާ ތާރީޚުގައި މިއޮފީހަށް ވަޑައިގެން ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

ތަން: ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް

    މ.ފިނިފަރު، 12 ވަނަ ފަންގިފިލާ

    މަޖީދީ މަގު (މާފަންނު ސަހަރާ ކުރިމަތި)

ތާރީޚް: 22 ޖަނަވަރީ 2023 (އާދީއްތަ)

ގަޑި: 11:00

މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ، ރަސްމީ ގަޑީގައި، ނަންބަރު 7960440 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

12 ޖަނަވަރީ 2023