ވަޒީފާގެ ފުރުޞަތު
ނަންބަރު: IUMH-AD/I/2023/001
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 19 ޖަނަވަރީ 2023 14:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޑިރެކްޓަރ އޮފް އެޑިއުކޭޝަން

ވަޒީފާގެ ފުރުސަތު

 

 ނަންބަރު:IUMH-AD/I/2023/001

މަޤާމު:

ޑިރެކްޓަރ އޮފް އެޑިއުކޭޝަން

 ބޭނުންވާ ޢަދަދު : 1

މުސާރަޔާއި އިނާޔަތްތައް:

  • އަސާސީ މުސާރަ: 8,000.00 ރުފިޔާ
  • ސަރވިސް އެލަވަންސް: 7,000.00 ރުފިޔާ
  • އެޓެންޑެންސް އެލަވަންސް: ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 140.00 ރުފިޔާ
  • ފޯނު އެލަވަންސް: 300.00

ވަޒީފާ އަދާކުރަންޖެހޭ ތަން:

އައި.ޔޫ.އެމް ހޯލްޑިންގސް ޕވޓ.ލޓޑ

މަޤާމުގެ ޝަރްޠުތައް:

މެނޭޖްމަންޓް ނުވަތަ އެޑިއުކޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ކުން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު އެޑިއުކޭޝަނަލް މެނެޖްމެންޓްގެ ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • އައިޔޫއެމް ހޯލްޑިންގސްއާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ އައިޔޫއެމްގެ ހުރިހާ ލަރނިންގ ސެންޓަރތަކާއި އައުޓް ރީޗް ސެންޓަރތައް ހިންގުމާއި ކުރިއެރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ލަރނިންގެ ސެންޓަރ ތައް ކުރިއެރުވުމަށް ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން
  • ލަރނިންގ ސެންޓަރތަކުގެ ކިޔެވުން ކުރިޔަށްދާ ހުރިހާ ވަގުތުތަކުގައިވެސް މަސައްކަތައް ބެލުމުގެ އިންތިޒާމާއި މަސައްކަތް ކުރުމުގައި އުޅުން
  • ލަރނިންގ ސެންޓަރތައް އިޝްތިހާރު ކުރުން
  • ތަޢުލީމާއި ތަމްރީން ޕްރޮގްރާމްތައް ފަރުމާކުރުމާއި ރޭވުމާއި ހިންގުން
  • އައިޔޫއެމް ހޯލްޑިންގްސްގެ އިދާރީ އަދި ހިޔުމަން ރިސޯސްބައިގެ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން
  • އައިޔޫއެމް ހޯލްޑިންގްސްގެ ފަރާތުން ތަޢުލީމާއި ތަމްރީން ރާވައި ހިންގުން
  • ޒަމާނީ ލަރނިންގ ޓެކްނޮލޮޖީގެ ފުރުސަތުތައް ހޯދައި ޚިދްމަތް ކުރިއަރުވަން މަސައްކަތްކުރުން.
  • އައިޔޫއެމް ހޯލްޑިންގްސްގެ ކުރިމަގަށް ބޭނުންވާ އިދާރީ ކަންކަން ދެނެގަނެ ކުންފުނި ކުރިއެރުވުމަށް މަސައްކަތް ކުރުން
  • މަޤާމުގެ ހައިސިއްޔަތުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަވާލުކުރައްވާ އެހެނިހެން މަސައްކަތްތައް ކުރުން.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓާ)
  2. ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  3. މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  5. އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާއި ގުޅޭ މައުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން އީމެއިލް ކުރައްވާނީ [email protected] އަށެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 19 ޖެނުއަރީ 2023 ވަނަ ދުވަހުގެ 14:00 އެވެ.

އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

އެހެނިހެން

  • ވަޒީފާއަށް މީހަކު ހޮވުމުގައި މެނޭޖްމަންޓް ދާއިރާގެ ތަޖްރިބާއަށް އިސްކަން ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވޭ ފަރާތަކުން އެހެން މަސައްކަތެއް ކުރާނަމަ ކުންފުނީގެ ހުއްދަ ހޯދަންވާނެއެވެ.
  • ވަޒީފާއަށް ފުރަތަމަ ނެގޭނީ 3 (ތިނެއް) މަސް ދުވަހުގެ އިންޓަރިން މުއްދަތަކަށެވެ. ވަޒީފާ ދާއިމީ ކުރެވޭނީ މި މުއްދަތުގައި މަސައްކަތުގެ ފެންވަރަށް ބަލާފައެވެ.

 

12 ޖަނަވަރީ 2023