ބީލަން
ނަންބަރު: (IUL)471-CDS3/1/2023/7
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 22 ޖަނަވަރީ 2023 11:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އައްޑޫސިޓީގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް އިމްޕްލެމެންޓޭޝަން ޔުނިޓްގެ އޮފީސް ހިންގުމަށް އިމާރާތެއް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އައްޑޫސިޓީގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް އިމްޕްލެމެންޓޭޝަން ޔުނިޓްގެ އޮފީސް ހިންގުމަށް 1 (އެކެއް) އަހަރު ދުވަހަށް 1500 އަކަ ފޫޓަށް ވުރެން ކުޑަ ނުވާ އިމާރާތެއް ސ.ހިތަދޫ އިން ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވޭ ގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 19 ޖެނުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00  ގެކުރިން[email protected]އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.

 

ބީލަން ހުށަހަޅާނީ 22 ޖެނުވަރީ 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ސ.ހިތަދޫ ޕަބްލިކް ވާރކްސް ސަރވިސް ސައިޓް އޮފީހަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަން ހުޅުވުމަށްހަމަޖެހިފައިވަނީ 22 ޖެނުވަރީ 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި ސ.ހިތަދޫ ޕަބްލިކް ވާރކްސް ސާރވިސް ސައިޓް އޮފީސްގައި، މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

12 ޖަނަވަރީ 2023