ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)240-PMD/240/2023/4
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 24 ޖަނަވަރީ 2023 12:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ހޯދުން

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު  ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ބޭނުންވެއްޖެއެވެ.

ބޭނުންވާ ޢަދަދު 02 ( ދޭއް )

ޝަރުތު

  • ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް (A,B,C,D,G) އޮތް މީހަކު ކަމުގައިވުން
  • ސްކިޕަރ ކްލާސް 5 ނުވަތަ ނިޔަމި ކަމުގެ ސަނަދު 1 ، 2 ފުރިހަމަ ކޮށްފައިވާ މީހަކު ކަމުގައިވުން.
  • ފާއިތުވި ތިން އަހަރު ކަނޑުއުޅަނދު ދުއްވުމުގެ ޤަވާޢިދާޚިލާފުވެ ކުށެއްކޮށްފައި މީހަކު ކަމުގައި ނުވުން.( 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް ހުށަހަޅަންވާނެއެވެ.)
  • ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.
  • މިއިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން

އެގުޒަމިނަރުކަން ކުރާފަރާތްތަކަށް ބޭރުގައި އިންޖީނުއެޅި އުޅަނދުފަހަރުގެ ކޮންމެ ކެޓެގަރީއަކަށް -/50ރ (ފަންސާސް) ރުފިޔާ އަދި އެތެރޭގައި އިންޖީނުއެޅި އުޅަނދުފަހަރުގެ ކޮންމެ ކެޓެގަރީއަކަށް -/75ރ (ހަތްދިހަފަސް) ރުފިޔާގެ އެލަވަންސެއް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 2023 ޖަނަވަރީ 24 ވާ އަންގާރަ ދުވަހު 12:00ގެ ކުރިން ސިޓީއަކާއެކު ހުށައެޅުއްވުން އެދެމެވެ.

11 ޖަނަވަރީ 2023