މަސައްކަތް
ނަންބަރު: (IUL)380/2023/2
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި:
15 ޖަނަވަރީ 2023 00:00
ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދ.މާއެނބޫދޫގައި ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީކުރުމާގުޅޭ
އިޢްލާން
އަންދާސީ ހިސާބުބޭނުންވެއްޖެ
މިއިދާރާގެ ނަންބަރު: 1 /380/2023(IUL) (11 ޖަނަވަރީ 2023) ގެ އިޢްލާނާ ގުޅޭގޮތުން ދަންނަވަމެވެ.
ދ.މާއެނބޫދޫގައި ޔޫތް އެންޑް ކޮމިއުނިޓީ ސެންޓަރެއް ތަރައްޤީކުރުމުގެ މަސައްކަތް ކޮއްދޭނޭ ފަރާތެއް ހޯދުމަށް ކުރެވިފައިވާ އިޢްލާންގެ މުއްދަތު ކުރުކަމަށް ފެންނާތީ އަންދާސީ ހިސާބު ހުށަހެޅުން 2023 ޖަނަވަރީ 25 ވާ ބުދަ ދުވަހުގެ 13:00 އަށް އިތުރު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
އިތުރު މަޢުލޫމާތު
- މި މަސައްކަތުގެ ބިޑް ރެޖިސްޓްރޭޝަން ހުޅުވިފައި ހުންނާނީ 15 ޖެނުއަރީ 2023 ވާ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑްގައި ބައިވެރިނުވެވޭނެއެވެ. https://docs.google.com/forms/d/e/1FAIpQLSd55oVSzaxGwaUj4BuGTtXsL3IuSV5M_1BHkqcmZW1UB5nheg/viewform?usp=pp_url
- ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.
- މަސައްކަތް ހަވާލްކުރެވޭނީ ކައުންސިލްއިދާރާގެ އިވެލުއޭޝަން ކޮމެޓީން ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެގިނަ މާކްސްލިބޭ ފަރާތަކަށެވެ.
- ލިބޭމާކްސް އެއްވަރުވެއްޖެނަމަ މާކްސް އެއްވަރުވި ފަރާތްތަކުގެ މެދުގައި ގުރުލައި ލިބުނު ފަރާތަކަށް މަސައްކަތް ޙަވާލުކުރެވޭނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
12 ޖަނަވަރީ 2023