ދިވެހިރާއްޖެ
އެއަރ ކޮންޑިޝަން ގަތުމަށް ބޭނުންވެއްޖެ
ވ.އަތޮޅުގެ ޞިއްޙީ ޚިދުމަތް ދޭ ތަންތަނުގައި ބޭނުންކުރުމަށް 8 އެއަރ ކޮންޑިޝަން ގަތުމަށް ބޭނުންވެއްޖެއެވެ.
ވީމާ، އެއަރ ކޮންޑިޝަން ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް ވ.އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ހޮސްޕިޓަލަށް ވަޑައިގެންދެއްވުން އެދެމެވެ.
| 
 މަޢުލޫމާތު ސާފުކުރުމަށް  | 
 އަންދާސީހިސާބު ހުށަހެޅުމަށް  | 
| 
 11 ޑިސެންބަރު 2014 (ބުދަ) ދުވަހުގެ 11:00 އަށް  | 
 16 ޑިސެންބަރު 2014 (އާދީއްތަ) ދުވަހުގެ 13:30 އަށް  | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6700029 ނަމްބަރު ފޯނާއެވެ.
9 ޞަފަރު 1436