ދިވެހިރާއްޖެ
ނޭޝަނަލް އާޓް ގެލެރީގައި ހުރި ޑިސްޕްލޭ ބޯޑުތަކުގައާއި، ޕާޓިޝަންތަކުގައާއި އަދި ފާރުތަކުގައި އަމިއްލަ ތަކެތީގައި ޕުޓީލައި ކުލަލައި ދޭނޭ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)177-A2/1/2022/49 (01 ޑިސެމްބަރ 2022) އިޢުލާނު، ޖީއެސްޓީ އަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ހުށަހަޅާފައިވާ ބިޑްތަކުގެ އަންދާސީ ހިސާބުތަކުގެ އަގުތަކަށް ބަދަލު އަންނާތީވެ ބާޠިލްކޮށް އަލުން މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލަމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލްއާއި އެއްގޮތަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާހާއި އެހެނިހެން ލިޔެކިޔުންތައް އިޢުލާނާއެކު ގެޒެޓުގައި ޝާއިއުކުރެވިފައި ވާނެއެވެ.
ތަފްސީލް |
ތާރީޚް (ދުވަސް) |
ގަޑި |
ތަން |
އެސްޓިމޭޓް ހުށަހެޅުން |
19 ޖަނަވަރީ 2023(ބުރާސްފަތި) |
11:30 |
ނެޝަނަލް ސެންޓަރ ފޮ ދި އާޓްސް (އޮލިމްޕަސް ކޮމްޕްލެކްސް، ހަނދުވަރުދޭ ހިނގުން) |
އިއުލާނާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 15 ޖަނަވަރީ 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ސުވާލުތަކުގެ ޖަވާބު 16 ޖަނަވަރީ 2023 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން މެއިލް ކުރެވޭނެއެވެ.