ދިވެހިރާއްޖެ
އިޢުލާން |
|
ނަންބަރު: IUL)475-Schol/475/2023/3) |
ތާރީޚް:12 ޖަނަވަރީ 2023 |
އޭޑީއޭ ޔުނިވަރސިޓީ ފެލޯޝިޕް / އަޒަރބައިޖާން |
|
އަޒަރބައިޖާންގައި ހުންނަ އޭޑީއޭ ޔުނިވަރސިޓީއިން ކިޔަވަމުންދާ އަދި ނިމިފައިވާ ދަރިވަރުންނަށް ހިންގުމަށް ހަމަޖެހިފައިވާ އަންޑަރގްރެޖުއޭޓް އަދި ގްރެޖުއޭޓް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި ދަންނަވަމެވެ. މި ކޯސްތަކާއިގުޅޭ އިތުރު މަޢުލޫމާތު ހިމެނޭ ޝީޓެއް މިޢިއުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް އަޕްލޯޑްކުރެވިފައި ވާނެއެވެ. މިފެލޯޝިޕަށް ހޮވޭ ދަރިވަރުންނަށް ޓިއުޝަން ފީ ، ހައުސިންގ ފީ ، ސްޓައިޕެންޑް އަދި މެޑިކަލް އިންޝުއަރެންސް ފެލޯޝިޕް އިންތިޒާމްކުރައްވާ ފަރާތުން ހަމަޖައްސަވައި ދެއްވާނެއެވެ. ވީމާ، މި ފެލޯޝިޕްގެ ދަށުން ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުން އެދެމެވެ. މިފުރުޞަތުތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 01 އޭޕްރީލް 2023 އެވެ.
https://www.ada.edu.az/en/admissions/financial-aid Email: [email protected] .............................................................................................................................................................. * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް މިޑްވައިފްރީ އެންޑް ނަރސިންގ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ. |