ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)299/299/2023/2
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 08:26
ސުންގަޑި: 05 ފެބުރުވަރީ 2023 11:00
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން            

ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް  ހޯދުމާއި ގުޅޭ

           ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ (އެމް.އީ.ސީ.ސީ.ޓީ) އިން ކުރިއަށްގެންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓާ ގުޅިގެން، ރ.ވާދޫގެ ކުނިމެނޭޖްކުރުމުގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން ފޯރުކޮށްދެއްވާ އެހީގެ ދަށުން މިކައުންސިލަށް ޕިކަޕެއް ގަންނަން ބޭނުންވެއެވެ.  ވީމާ ޕިކަޕް ވިއްކަން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކައުންސިލުން ހުޅުވާލަމެވެ.  މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ފޮތުގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ފުރިހަމަކޮށް ހުށަހަޅަންވާނެއެވެ.

         މި މަސައްކަތުގެ "ބީލަން ފޮތް'' ބޭނުންވާ ފަރާތްތަކުން މިއިދާރާގައި ނަންނޯޓު ކުރެއްވުމުން، އެ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ޑޮކިޔުމަންޓް ފޯރުކޮށް ދެވޭނެއެވެ. 

        ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ޖަނަވަރީ 12 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2023 ޖަނަވަރީ 31 ވާ އަންގާރަ ދުވަހުގެ 11:00ގެ ކުރިން މި އިޢުލާނާއި އެކުގައިވާ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ޕްރީބިޑް ބައްދަލުވުން

       މި ބިޑާއި ބެހޭ ހުރިހާ މަޢުލޫމާތެއް ނަންނޯޓުކުރާ ފަރާތްތަކަށް ބީލަންފޮތާއިއެކު އެރުވޭނެތީ،  މަޢުލޫމާތު ދިނުމަށް އިތުރު ބައްދަލުވުމެއް ނޯންނާނެއެވެ.

ބިޑު ސެކިއުރިޓީ

      މި އިޢުލާނާގުޅިގެން ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ބިޑް ސެކިޔުރިޓީ ހުށަހަޅާކަށް ނުޖެހޭނެއެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

      ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި، ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ.

       ބީލަން ހުށަހަޅާނީ 12 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުންފެށިގެން  05 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހުގެ 11:00 އާ ދެމެދު މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާއަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ކެނޑުމަށް ހަމަޖެހިފައި ވަނީ 05 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހު 11:01 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތްތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

      އިތުރު މައުލޫމާތެއް ސާފުކުރެއްވުމަށާއި، ނަންނޯޓު ކުރެއްވުމަށް ތިރީގައިވާ އީމެއިލްއަށް ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވުން އެދެމެވެ.

އީމެއިލް އެޑްރެސް[email protected]

ފޯން : 4000299

‏20‏ ޖުމާދަލްއާޚިރާ‏ 1444

12 ޖަނަވަރީ 2023