ޢާންމު މަޢުލޫމާތު
ނަންބަރު: IUL)248-CAA/248/2023/3
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 20:45
ސުންގަޑި: 11 ޖަނަވަރީ 2023 00:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ ކައުންސިލް އެސިސްޓެންޓް ދެ މަޤާމަށް މުވައްޒަފުން ހޯދުމަށް ކުރެވުނު ދެ އިޢުލާނު ބާޠިލް ކުރުން:

މި އިދާރާގެ ކައުންސިލް އެސިސްޓެންޓް ދެ މަޤާމަށް މުވައްޒަފަކު ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)248-CAA/248/2022/51 ) 19 ޖޫން 2022 )  އަދި (IUL)248-CAA/248/2022/65 ( 29 ޖުލައި 2022 ) އިޢުލާނާއި ގުޅިގެން ސިވިލްސަރވިސް ކޮމިޝަނަށް ހުށަހެޅިފައިވާ ޝަކުވާއާއި ގުޅިގެން އެ 2 މަޤާމަށް މުވައްޒަފަކު ނެގުން ލަސްވެފައިވާތީ  ކައުންސިލް އެސިސްޓެންޓް 2 މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު  (IUL)248-CAA/248/2022/51 ( 19  ޖޫން 2022 ) އަދި (IUL)248-CAA/248/2022/65 ) 29 ޖުލައި 2022 )  ދެ އިޢުލާނުވެސް ބާޠިލްކޮށް އަލުން އެ ދެ މަޤާމަށް މުވައްޒަފުން ހޯދުމަށް އިޢުލާނުކޮށްގެން ކުރިއަށް ގެންދިއުމަށް ފެންނަކަމަށް 11 ޖަނަވަރީ 2023 ވަނަދުވަހު ބޭއްވުނު ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 84 ވަނަ ޖަލްސާގެ އަޣުލަބިއްޔަތުން ނިންމުމާއި ގުޅިގެން އެ ދެ އިޢުލާނު ބާޠިލް ކުރެވިފައިވާ، ވާހަކަ ދެންނެވީމެވެ.

 

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ޖަނަވަރީ 2023