ދިވެހިރާއްޖެ
މަސްޖިދުއް ފާރޫޤެ ހުޅަނގު ފަރާތު ގޯތިތެރޭގައި ހުރި ފެންތާނގީތަކުގެ ބުޑުތައް މަރާމާތު ކޮށްދޭނެފަރާތެއް ބޭނުންވެއްޖެއެވެ. އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް
ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފްކުރެއްވުމަށް ފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ޕްރީބިޑް މީޓިންގ އޮންނާނީ 22 ޖެނުއަރީ 2023ވާ އާދީއްތަ ދުވަހުގެ 12:00ގައި މިއިދާރާގައެވެ. މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލަށްވާ ފަރާތްތަކާއިއެކު މަޢްލޫމާތު ސާފްކުރުން
އޮންނާނީ ޕްރީ ބިޑް މީޓިންގގައެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 17 ޖެނުއަރީ 2023ވަނަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
މެއިލް މެދުވެރިކޮށް ފޮނުވާނީ [email protected] އަށެވެ.
ރަޖިސްޓްރީ ކުރަން ފޮނުވާ މެއިލްގައި ހިމަނަން ޖެހޭ މަޢުލޫމާތު:
1- އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
2- ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ނަން
3- ގުޅޭނެ ފޯނު ނަންބަރު
4- އީމެއިލް އެޑްރެސް
5- މެއިލް ފޮނުވާފަރާތުގެ ނަމާއި ޙައިސިއްޔަތު
ކުންފުނި ނުވަތަ އިންވެސްޓްމެންޓްގެ ރަޖިސްޓްރީގެ ސާފު ފޮޓޯކޮޕީއަކާއި ޕްރީބިޑް މީޓިންގގައި ބައިވެރިވެލައްވާ ފަރާތުގެ އައިޑެންޓިޓީ ކާޑްގެ ސާފް ފޮޓޯކޮޕީއެއް މެއިލްއާއިއެކު އެޓޭޗް ކުރަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26 ޖެނުއަރީ 2023ވާ އާދީއްތަ ދުވަހުގެ 13:30ގައި މިއިދާރާގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް އީމެއިލް ކުރެއްވުން އެދެމެވެ.
ނުވަތަ ސަރުކާރު ބަންދު ނޫން ދަވަސްތަކުގެ ރަސްމީގަޑީގައި 6620001 ނަމްބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.