ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426-AA/426/2023/06
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 16:22
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫސިޓީ އިން ދެމުންދާ މުނިސިޕަލް ސަރވިސް ޚިދުމަތްތަކުގެ އަގަށް ބަދަލުގެނައުން
އިޢުލާން
އައްޑޫ ސިޓީ އިން ދެމުންދާ މުނިސިޕަލް ސަރވިސް ޚިދުމަތްތަކުގެ އަގަށް ބަދަލުގެނައުމާއި ގުޅޭ:
އައްޑޫސިޓީ ހިތަދޫ އަދި ހުޅުދޫމީދޫ އަވަށުގައި ދެމުންގެންދާ މުނިސިޕަލް ސަރވިސް ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ވެހިކަލް ކުއްޔަށްދޫކުރުމާއި ވެލި ވިއްކުން އަދި މަގުން ގާނަގައި ގާއެތުރުމާއި ތާރުމަގު ކެނޑުން ފަދަ މަސައްކަތުގެ އަގަށް ބަދަލުގެނައުމަށް ކައުންސިލްގެ ނަންބަރު: 426-B(4)/2022/181 (09 ނޮވެމްބަރ 2022) ނިންމުމުން ނިންމާފައިވާތީ ޚިދުމަތްތަކަށް ނެގޭ އަގުތައް އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
ވީމާ، ކައުންސިލްގެ ދެންނެވުނު ނިންމުމާއި އެއްގޮތަށް އަގުތަށް ނަގަމުން ގެންދާނެކަމުގައި ދެންނެވީމެވެ. އަދި ގެނެވުނު ބަދަލުތަކުގެ ތަފްސީލް އެނގޭނެހެން ލިސްޓް ހިއްސާކުރީމެވެ.
19 ޖުމާދަލްއާޚިރަ 1444
11 ޖަނަވަރީ 2023
11 ޖަނަވަރީ 2023