ވަޒީފާގެ ފުރުޞަތު
ނަންބަރު: 171-WPM-IUL-2023-004
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 16:17
ސުންގަޑި: 25 ޖަނަވަރީ 2023 16:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އިންޓެލިޖެންސް އެނަލިސްޓް ގްރޭޑް 3
ބޭނުންވާ އަދަދު :3

ޕޭ ގްރޭޑް: PG05

މުސާރައާއި އެހެނިހެން އެލަވަންސް: 

- އަސާސީ މުސާރަ:  -/7,000 ރުފިޔާ

- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2,700 ރުފިޔާ

- ނޮން-ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %35): -/2,450 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިގެން މަސައްކަތް ކޮށްފިނަމަ ގިނަވަގެން މަހަކު (އަސާސީ މުސާރައިގެ %60): -/4،200 ރުފިޔާ

- ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް (އަސާސީ މުސާރައިގެ ): -/1,050 ރުފިޔާ

- ފުޑް އެލަވަންސް: ދުވާލަކަށް -/160 ރުފިޔާ

- ބޭސްފަރުވާކުރުން

މަޤާމުގެ ޝަރުތު:

- ކްރިމިނޮލޮޖީ، ކްރިމިނަލް ޖަސްޓިސް، ލޯ، ލޯ އެންފޯސްމަންޓް، ސޯޝަލް ސައިންސް، ސައިކޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ފޮރެންސިކް އެކައުންޓިންގ، ސްޓެޓިސްޓިކްސް، ޕޮލިޓިކަލް ސައިންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

- މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން،

- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތެކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން،

- ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން،

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން.

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކުރެވޭ އިންޓަވިއު، ޕޮލިގްރަފީ ޓެސްޓް، ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުމާއި، އަދި ދެވޭ މެޑިކަލް އެގްޒަމިނޭޝަންއިން ފާސްވުން.

މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

ރާއްޖޭގެ ކުށުުގެ މާހައުލާގުޅޭ ދިރާސާ ކުރުމަށް ނުވަތަ އެފަދަ ގުޅުންހުރި އެނަލިސިސް ހެދުމަށް އަމިއްލަ ޝައުޤު ހުރި މިންވަރު.

- ދިވެހިބަހާއި އިނގިރޭސިބަހުން މުޢާމަލާތުކުރަން އެނގޭ މިންވަރު.

- އެކިއެކި ޓޫލްސް ބޭނުންކޮށްގެން ޑޭޓާ އެނަލައިސް ކުރުމަށް ޝައުޤުހުރި މިންވަރު.

- މައިކްރޯސޮފްޓް އެކްސެލް ބޭނުންކޮށްގެން ޑޭޓާ ޕްރޮސެސް ކުރަން އެނގޭ މިންވަރު.

- އުނދަގޫ އަދި ހައި ޕްރެޝަރ މާހައުލު ތަކުގައި ގުޅިގެން މަސައްކަތްކޮށް، ނަތީޖާ ނެރުމުގެ ރޫހު ހުރުން.

- އެންމެ މަތީ ދަރަޖައަށް ޕާރސަނަލް އިންޓެގްރިޓީ އާއި ޕްރޮފެޝަނަލިޒަމް ހުރުން.

- އަނގަބަހުން ޕްރެޒެންޓް ކުރަން އިނގޭ މިންވަރު.

- މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

ރާއްޖޭގެ ކުށުގެ މާހައުލާ ގުޅޭ ގޮތުންނާއި ވަކިވަކި ކުށްތަކާއި ކުށްކުރާ ފަރާތްތަކާ ގުޅޭ ގޮތުން ހަދަންޖެހޭ ތަފާތު އެނަލިސިސް ހެދުމާއި، އެ ފަދަ ކަންކަމާ ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން. އަދި، މީގެ އިތުރުން، ކުށާ ގުޅޭ ތަފާސް ހިސާބު އެއްކޮށް އެ މަޢުލޫމާތާ ގުޅޭ އެނަލިސިސް ހެދުން.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:   މާލެ

އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:  ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ލިޔުންތައް: 

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ،

- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

- ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)،

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ ފަރާތެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2023 ޖަނަވަރީ 25 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

18 ޖުމާދަލްއާޙިރާ 1444

11 ޖަނަވަރީ 2023