މަސައްކަތް
ނަންބަރު: (IUL)218-CS/218/2023/1
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 15:50
ސުންގަޑި: 19 ޖަނަވަރީ 2023 10:00
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ހުޅުމާލެ އާ އޮފީސް އިމާރާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން.

މި އޮތޯރިޓީން 2022 ޑިސެންބަރު 29 ވަނަ ދުވަހު ކުރި ނަންބަރު (IUL)218-CS/218/2022/16 އިއުލާނާ ގުޅިގެން ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގު ބޮޑު ކަމަށް ފެންނާތީއާއި، މަސައްކަތުގެ ސޮކޯޕަށް ބައެއް ބަދަލު އައިސްފައިވާތީ، އެ އިޢުލާން ބާޠިލް ކޮށް،  ފެންބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގައި ހިންގަމުންދާ މި އޮތޯރިޓީގެ މަސައްކަތްތައް ހުޅުމާލޭގައި އަލަށް ބިނާކުރި އޮފީސް އިމާރާތުގެ ފަސް ވަނަ ފަންގިފިލާއަށް ބަދަލުކުރުމަށާއި އެ ފަންގިލާގައި ކުރަން ޖެހޭ އިތުރު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިއުލާން ކުރަމެވެ.  

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އޮތޯރިޓީން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުން އޮންނާނީ 2023 ޖެނުއަރީ 16 ގެ 10:00 ގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، ފެންބިލްޑިންގ 4 ވަނަ ފަންގިފިލާގައެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ، 2023 ޖެނުއަރީ 19 ގެ 10:00 ގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، ފެންބިލްޑިންގ 4 ވަނަ ފަންގިފިލާގައެވެ.

19 ޖުމާދަލްއާޚިރު 1444

 

11 ޖަނަވަރީ 2023