ދިވެހިރާއްޖެ
ކޮންޓްރެކްޓު އުޞޫލުން މި އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)408-CA/408/2022/59(29 ޑިސެންބަރު 2022) އިޢުލާނުގައިވާ މަސައްކަތަށް ބައެއް ބަދަލުތައް ގެނެވިފައިވާތީ އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2023 ޖަނަވަރީ 19 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ، ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ އެއް ޙާޟިރުގައެވެ.
ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
ބީލަން ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއް ނެތި ބީލަންތައް ބަލައެއް ނުގަނެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6820007 ނުވަތަ 7262266 އާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.