މަސައްކަތް
ނަންބަރު: (IUL)438-ENV/438/2023/21
ޕަބްލިޝްކުރި ތާރީޚް: 11 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 25 ޖަނަވަރީ 2023 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ލ. އަތޮޅުގައި ހިމާޔަތްކުރެވިފައިވާ 6 ސަރަހައްދަކަށް މެނޭޖްމަންޓް ޕްލޭން ހެދުމަށް - "އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ކުރިޔަށް ގެންދާ ”އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑް (އެންދެރި)" މަޝްރޫއުގެ ދަށުން، ލ. އަތޮޅުގައި ހިމާޔަތްކުރެވިފައިވާ 6 ސަރަހައްދަކަށް މެނޭޖްމަންޓް ޕްލޭން ހަދުމަށް ބޭނުންވެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، ފުރިހަމަކޮށްފައިވާ ޕްރޮޕޯސަލް ހުށަހަޅާ ފޯމް،  މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު ހުށަހަޅަންވާނެއެވެ. ހުށަހަޅަންޖެހޭ މައުލޫމާތުގެ އިތުރު ތަފްޞީލް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ވާ "ޓާރމްސް އޮފް ރެފަރެންސް" ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ހުށަހަޅަންޖެހޭ ފޯރމްތަކުގެ ޓެމްޕްލޭޓް ތައް ވެސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ހުންނާނެއެވެ.   މި މަސައްކަތުގެ "ޓާރމްސް އޮފް ރެފަރެންސް" އާއި ފޯމްތަކުގެ ޓެމްޕްލޭޓްތައް މި  މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ޕްރީބިޑް ބައްދަލުވުން

މި މަސައްކަތުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 15 ޖަނަވަރީ 2023 ވާ އާދީއްތަ ދުވަހު 11:00ގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ޖަލްސާކުރާ މާލަމުގައެވެ.

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި މިއާއި އެކު ސޮފްޓް ކޮޕީވެސް ހުށައަޅަންވާނެއެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 25 ޖަނަވަރީ 2023 ވާ ބުދަ ދުވަހު 11:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ.  ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 25 ޖަނަވަރީ 2023 ވާ ބުދަ ދުވަހު 11:00 ގައެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 17 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހު 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

އެޕްލިކޭޝަން ޓައިޓްލް: ޑިވެލޮޕް މެނޭޖްމެންޓް ޕްލޭން ފޯރ ދަ ސިކްސް ޕްރޮޓެކްޓެޑް އޭރިއާސް އޮފް ލާމު އެޓޯލް- "އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)" ޕްރޮޖެކްޓް

Do not Open Before 25th January 2023 at 1100hrs – “Develop Management plan for six Protected Areas at Laamu Atoll  - (IUL)438-ENV/438/2023/21

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)
 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.

11 ޖަނަވަރީ 2023